މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 178 ވަނަ ރަސްމީ ޢާއްމު ޖަލްސާ

178

Sitting

4

Term


Jan 08

Date

18

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 178 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1. ހުށަހެޅުނު މައްސަލަ: 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، 2025 ވަނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލާފާކޮށް ބަޖެޓް ކޮށްފައިވާ އަދަދު 502,922,861.18 (ފައްސަތޭކަ ދެ މިލިއަން ނުވަލައްކަ ބާވީސްހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ އަށާރަ ލާރި) އަދި 2025ވަނަ އަހަރަށް ޚަރަދު ވާނެކަމަށް ލަފާކޮށް ބަޖެޓްކޮށްފައިވާ އަދަދު ކަމުގައިވާ 487,225,846.15 (ހަތަރު ސަތޭކަ އައްޑިހަ ހަތް މިލިއަން ދެލައްކަ ފަންސަވީސްހާސް އައްސަތޭކަ ސާޅީސް ހަ ރުފިޔާ ފަނަރަ ލާރި) ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ބަޖެޓް، މިއަދުގެ ކައުންސިލް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

2. ހުށަހެޅުނު މައްސަލަ: ބައު ޖަމާލުއްދީންގައި ގާއިމް ކުރާ ޕާކް، ފެޑޯ ޕްރައިވެޓް ލިމިޓެޑުން، ކުންފުނީގެ ސީ.އެސް.އާރގެ ދަށުން ހަދައިދިނުމަށް ހުށަހަޅާފައިވާތީ، ހުށަހަޅާފައިވާ ޕްލޭންނާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ބައު ޖަމާލުއްދީންގައި ގާއިމް ކުރާ ވަގުތީ ޕާކް، ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ސީ.އެސް.އާރގެ ދަށުން އެފަރާތުގެ ޚަރަދުގައި ހަދާދިނުމަށާ އަދި ޕާރކިންއެއް ދެފަޅިއަށްލައިގެން ހެދޭނޭ ގޮތަކަށް ކުރެހުން ބަދަލުކުރުމަށްފަހު، ވަގުތީ ޕާރކެއް އެތަނުގައި ހެދުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑްއަށް ހުއްދަ ދިނުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

3. ހުށަހެޅުނު މައްސަލަ: އެންމެ ފަހުން އެކުލަވާލި ބިޑް ކޮމިޓީގެ ބައެއް މެމްބަރުން އިސްތިއުފާދެއްވާފައިވާތީ އަލުން އައު ބިޑްކޮމިޓީއެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، އެންމެ ފަހުން އެކުލަވާލެވުނު ބިޑް ކޮމިޓީގެ ބައެއް މެމްބަރުން އިސްތިއުފާދިނުމާ ގުޅިގެން އަލުން ބިޑް ކޮމެޓީ އެކުލަވާލާ، ކޮމެޓީގެ މުޤައްރިރެއްގެ ގޮތުގައި ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ރަޝީދު ހަމަޖެއްސުމަށާއި ނައިބު މުޤައްރިރެއްގެ ގޮތުގައި އެސޯސިއޭޓް ކައުންސިލް އޮފިސަރ ޢަބްދުﷲ ޞާދިޤު އަދި މެންބަރުންގެ ގޮތުގައި، ކައުންސިލް އެގްޒެކެޓިވް އުސާމަތު އުމަރު، ކައުންސިލް އޮފިސަރ ނައިޒާ ކަމާލް އަދި ސިވިލް އިންޖިނިއަރ މަރިޔަމް އާޝިޔާ ވަޙީދު ކަމަށް ކަނޑައެޅުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

4. ހުށަހެޅުނު މައްސަލަ: މިހާރު އެކުލަވާލެވިފައިވާ ކޮމިޓީތަކުގެ ތެރެއަށް "ޑިޒާސްޓާ އެންޑް އެންވަޔަރަންމަންޓް" ގެ ނަމުގައި ވަކި ކޮމިޓީއެއް އުފައްދައިމިހާރު އޮތް އަދި "ވޭސްޓް ޑިޒާސްޓަރ އެންވަޔަރަންމަންޓް އެންޑް އެނިމަލް ވެލްވެއަރ" ގެ ނަން "ވޭސްޓް އެންޑް އެނިމަލް ވެލްފެއަރ" ގެ ނަމަށް ބަދަލުކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މިހާރު އެކުލަވާލާފައިވާ ކޮމިޓީތަކުގެ ތެރެއަށް "ޑިޒާސްޓާ އެންޑް އެންވަޔަރަންމަންޓް" ގެ ނަމުގައި ވަކި ކޮމިޓީއެއް އެކުލަވާލާ، އެކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ކައުންސިލަރ ޢަލީ އައިމަން، ނައިބު މުޤައްރިރެއްގެ ގޮތުގައި ކައުންސިލަރ އިބްރާހީމް އަބޫބަކުރު އަދި މެމްބަރުންގެ ގޮތުގައި ކައުންސިލަރ ޙަސަން ނިޒާމް، ކައުންސިލަރ މަރްޔަމް ނާޒިމާ މުޙައްމަދު ފާއިޒް، ކައުންސިލަރ ސަޢީދާ ރަޝާދު، ކައުންސިލަރ އާމިނަތު ރިޝްފާ އަޙުމަދު އަދި ކައުންސިލަރ ނަޙުލާ ޢަލީ ހަމަޖައްސަވާ، "ވޭސްޓް ޑިޒާސްޓަރ އެންވަޔަރަންމަންޓް އެންޑް އެނިމަލް ވެލްވެއަރ" ގެ ނަން "ވޭސްޓް އެންޑް އެނިމަލް ވެލްފެއަރ" ގެ ނަމަށް ބަދަލުކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

5. ހުށަހެޅުނު މައްސަލަ: ފިއުލް ސަޕްލައި މޯލްޑިވްސްއަށް ވިލިމާލޭގައި ފިއުލް ސްޓޭޝަންއެއް ހެދުމަށް ކަނޑައަޅާފައިވާ ބިން އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންއިން ވިލިމާލޭގައި ގަވަމަންޓް ސަރވިސް ސެންޓަރު ހެދިމަށް ދޫކޮށްފައިވާ 2000 އަކަފޫޓްގެ ބިމު ކުލި "ކޯޕަރޭޓް ކޮމެޓީ"ން ނިންމާފައިވާ ގޮތް ޖަލްސާއަށް ހުށަހަޅާ، ބިމު ކުއްޔާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ފިއުލް ސަޕްލައި މޯލްޑިވްސްއަށް ވިލިމާލޭގައި ފިއުލް ސްޓޭޝަންއެއް ހެދުމަށް ކަނޑައަޅާފައިވާ ބިން އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންއަށް ވިލިމާލޭގައި ގަވަމަންޓް ސަރވިސް ސެންޓަރު ހެދުމަށް ދޫކޮށްފައިވާ 2000 އަކަފޫޓްގެ ބިމު ކުލީގެ ގޮތުގައި، އަކަފޫޓަކަށް -/15 ރުފިޔާގެ މަގުން ކުއްޔަށް ދިނުމަށް ކޯޕަރޭޓް ކޮމިޓީން ނިންމާފައިވާތީ، އެ ދެތަނުގެ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް -/15 ރުފިޔާގެ ރޭޓުން ނެގުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

6. ހުށަހެޅުނު މައްސަލަ: މިހާރު މާލެ ސިޓީ ކައުންސިލްގައި ބޭނުން ކުރަމުންދާ އެޗް.އާރ ސޮފްޓްވެއަރގެ ބަދަލުގައި އައު ސޮފްޓް ވެއަރއެއް ހޯދުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މިހާރު މާލެ ސިޓީ ކައުންސިލްގައި ބޭނުން ކުރަމުންދާ އެޗް.އާރ ސޮފްޓްވެއަރގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރުމާއި، ޕޭރޯލްގެ މަސައްކަތް ކުރާއިރު އެކަމަށްވެސް ވަރަށްގިނަ ވަގުތުތަކެއް ހޭދަވުމާ އަދި މިނޫންވެސް އެކިކަހަލަ އުނދަގޫތަށް ހުރުމާއެކު، މިޒަމާނުގެ ރަނގަޅު ފެންވަރެއްގެ ސޮފްޓްވެއަރއެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާމެދު ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

7. ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ހޯދާ ފަރާތަކަށް ފޮނުވާ އެސް.އެމް.އެސް ފޮނުވުމުގައި މިހާރު ބޭނުން ކުރަމުންދާ ސަރވިސް ޕްރޮވައިޑާ (ދިރާގް)ގެ ބަދަލުގައި MsgOwlގެ ހިދުމަތް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ހޯދާ ފަރާތަކަށް ފޮނުވާ އެސް.އެމް.އެސް ފޮނުވުމުގައި މިހާރު ބޭނުން ކުރަމުންދާ ސަރވިސް ޕްރޮވައިޑާ (ދިރާގް)އިން ދޭ ޚިދުމަތްތަކުގައި ބޭނުންވާ ފީޗާރސްތައް ނެތުމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އުނދަގޫތަކެއް ހުންނާތީޔާ، MsgOwlން އެކަންކަމަށް އެޑްރެސް ކުރެވޭތީ ދިރާގުގެ ބަދަލުމުގައި MsgOwlގެ ހިދުމަތް ހޯދުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާގޮތަށް ފާސްކުރުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުފާތިމަތު ޝައުފާ ސަލީމްސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝް ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު