މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 182 ވަނަ ރަސްމީ ޢާއްމު ޖަލްސާ

182

Sitting

4

Term


Feb 05

Date

16

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

1. ހުށަހެޅުނު މައްސަލަ: "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" އާ ގުޅޭ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ނަންބަރު BCC-AS/425/2025/1 (20 ޖަނަވަރީ 2025) ސިޓީން، މާލެ ސިޓީ ކައުންސިލް އިދާރާއާ ގުޅިގެން ކުރެވޭނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެދިލައްވާފައިވާތީ، މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025"ގައި މިކައުންސިލްގެ ފަރާތުން 15 ޕްރޮޑަކްޓެއް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާތީ، މާލެ ސިޓީ ސަރަހައްދުގައި ހިމެނޭ މަސައްކަތްތެރި ބޭފުޅުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އެކަންކަން ކައުންސިލަރ އާމިނަތު ރިޝްފާ އަޙުމަދު އަދި ކައުންސިލަރ ފާތިމަތު ޝައުފާ ސަލީމް އިސްކޮށް ތިއްބަވައިގެން މިކަން ކުރިއަށް ގެންދިއުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

2.

ހުށަހެޅުނު މައްސަލަ: މާލެ ސިޓީކައުންސިލްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރުމަށް ކަނޑައެޅުމުގެ ބާރު ދިނުމާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ސަރކިއުލަރ ޤަރާރު ފާސްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީކައުންސިލްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރުމަށް ކަނޑައެޅުމުގެ ބާރު ދިނުމާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ސަރކިއުލަރ ޤަރާރު، މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

3. ހުށަހެޅުނު މައްސަލަ: މާލެ ލޯކަލްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 31 މާރޗް 2025 ގެ ނިޔަލަށް ހަމަވާތީ، އެ ގޮޅިތައް ކުއްޔަށް ދޫކުރުމާމެދު ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 31 މާރޗް 2025 ގެ ނިޔަލަށް ހަމަވާތީ، ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިގެން، ޖާގަ ހުރި މިންވަރަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ގުރުއަތަކަށްގޮސް މާލެ ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދުފާތިމަތު ޝައުފާ ސަލީމްސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާމުޙައްމަދު ޢަރީޝް ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު