މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 183 ވަނަ ރަސްމީ ޢާއްމު ޖަލްސާ

183

Sitting

4

Term


Feb 12

Date

18

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 183 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1.

ހުށަހެޅުނު މައްސަލަ: 1446ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، ކައުންސިލް ތަކުން ހަނދު ބެލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިފައިވާ ސިޓީ ހިއްސާކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، 1446ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، ކައުންސިލް ތަކުން ހަނދު ބެލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިފައިވާތީ، ވުމެން، ޔޫތް އެމްޕަވަރމެންޓް އެންޑް ސޯޝަލް ވެލްފެއަރ ކޮމެޓީން މިކަން ކުރިއަށް ގެންދިއުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

2.

ހުށަހެޅުނު މައްސަލަ: މާލެ ލޯކަލްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 31 މާރޗް 2025 ގެ ނިޔަލަށް ހަމަވާތީ، އެ ގޮޅިތައް ކުއްޔަށް ދޫކުރުމާމެދު ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގައި މިހާރު ތިބި މީހުންނަށް ވެސް ގޮތެއް ހޯދައި ދިނުމުގެ ގޮތުން އަމީނީ މަގުގައި އޮތް 2 ހުސްބިމާއި އައިޖީއެމްއެޗް ސަރަހައްދުގައިވާ ހުސްބިމަކާ އެކު، ޖުމްލަ 3 ސަރަހައްދަކުން ޖާގަ ނެގުމަށްފަހު، މިހާރު ގޮޅިތަކުގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަށް ގޮޅި ހެދުމަށްފަހު އެންމެންނަށް ހަމަ އުސޫލަކުން ކުރިއަށް ގެންދިއުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

3. ހުށަހެޅުނު މައްސަލަ: ރަމަޟާންމަހު ކައުންސިލް ޖަލްސާތައް ބާއްވާނެ ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ރަމަޟާންމަހު ކައުންސިލް ޖަލްސާތައް ހެނދުނު 10:00ގައި ބޭއްވުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުފާތިމަތު ޝައުފާ ސަލީމްސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝް ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު