މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 194 ވަނަ ރަސްމީ ޢާއްމު ޖަލްސާ

194

Sitting

4

Term


May 14

Date

11

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 194 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1. ހުށަހެޅުނު މައްސަލަ: ޓޫ އޮފް އަސް ބޭންޑް، "ސާފު ތާހިރު މާލެ" އެމްބެސެޑަރ ކަމަށް އައްޔަންކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީ ސާފުތާހިރުކޮށް ރީޗަށް ބޭއްވުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް މިހާރުވެސް ކުރެވެމުންދާތީ، މިކަންކަމަށް ލުޔެއް ލިބެން އަންނަނީ އެވެއާނަސް ޕްރޮގްރާމް ތަކެއް ބޭއްވިގެންކަމުގައި ދެކޭތީ، މިހާރު ރާއްޖޭގައި އެންމެ މަޝްހޫރު މިއުޒިކް ބޭންޑް ކަމުގައިވާ "2 އޮފް އަސް" އާއި އެކު ކުރެވުނު މަޝްވަރާގެ މަތީން އެފަރާތުންވެސް މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، މާލެ ސިޓީގެ "ޗާލުމާލެ ސިޓީ" ގެ ކެމްޕެއިން ޙަރަކާތުގެ އެމްބެސެޑަރުންގެ ގޮތުގައި "2 އޮފް އަސް" ބޭންޑް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

2.ހުށަހެޅުނު މައްސަލަ: 355 ނަންބަރު ބްލޮކުން އެމް.ޑަބްލިޔު.އެސް.ސީއަށް ހަވާލުކުރެވިފައިވާ ބިމުގެ މުއްދަތު އިތުރު ކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، 355 ނަންބަރު ބްލޮކުން އެމް.ޑަބްލިޔު.އެސް.ސީއަށް ހަވާލުކުރެވިފައިވާ ބިމުގެ މުއްދަތު އިތުރު ކުރުމާމެދު ލޭންޑް ބިލްޑިންގ އެންޑް ޕްރޮޖެކްޓްސް ކޮމިޓީން އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށްފަހު ކައުންސިލް ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

3.ހުށަހެޅުނު މައްސަލަ: މާލެ ސިޓީކައުންސިލުން ކުއްޔަށްދީފައިވާ ބިންތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ އަދި ހަމަވާ ބިންތަށް އަލުން ކުއްޔަށް ދިނުމުގައި ބަލާނެ މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލޭ ސިޓީކައުންސިލުން (މާލެ،ވިލިމާލެ) ކުއްޔަށްދީފައިވާ ބިންތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ އަދި ހަމަވާ ތަންތަން ހުރުމުން، އެފަދަތަންތަން ކުއްޔަށް ދިނުމަށް އުސޫލުތަކެއް ހެދިގެން ކުރިއަށްދިއުމަށް ބޭނުންވާތީއާ، އިޢުލާންކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ޤަވާއިދުން ކުއްލި، ފެންބިލް އަދި ކަރަންޓްބިލްތައްވެސް ދައްކަމުންގެންދާ ފަރާތްތަކަށް އިސްކަންދީ، ބިޑް އުސޫލުން ހުޅުވާލައިގެން ކައުންސިލަށް އެންމެ ފައިދާހުރި ގޮތެއްބަލައި އެފަދަ އުސޫލެއްގެ ދަށުން މިކަންކަން ކުރިއަށް ގެންދިއުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

website/documents/-eS2GLOHSLe_p58Zy5l5Q-Activity List 2025.pdf

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުސަޢީދާ ރަޝާދުއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝްޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުއިބްރާހީމް މުޙައްމަދުފާތިމަތު އިޝާން ޢަލީ