މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 196 ވަނަ ރަސްމީ ޢާއްމު ޖަލްސާ

196

Sitting

5

Term


May 28

Date

1

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 196 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1. ހުށަހެޅުނު މައްސަލަ: ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓުން ހިންގުމަށް ރާވާ ކޮންޓްރެކްޓް ކުރެވިފައިވާ މިކްސް ޔޫސްޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ތެރެއިން، (ބްލޮކް ނަންބަރު 294) މާފަންނު ފިނިޕާރކުގެ ބިން ބޭނުންކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ބަދަލުގެނައުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓުން ހިންގުމަށް ރާވާ ކޮންޓްރެކްޓް ކުރެވިފައިވާ މިކްސް ޔޫސްޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ތެރެއިން، (ބްލޮކް ނަންބަރު 294) މާފަންނު ފިނިޕާރކުގެ ބިން ބޭނުންކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި، ބްލޮކް 294 ގްރީން އޭރިއާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްސްތައް ކުރިއަށް ގެންދިއުމަށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ސިޓީއަކުން އެދުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

2. ހުށަހެޅުނު މައްސަލަ: މާލެ ސިޓީކައުންސިލްގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި ދުފުމަށް ބޭނުންކުރާ ފޯއް، ސުޕާރީ، ކިއްލި އަދި މީރު ބިލެތް ފަދަ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް،ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ނަންބަރު CSM/28/2025 ސިޓީން އެދިފައިވާތީ، އެކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީކައުންސިލްގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި ދުފުމަށް ބޭނުންކުރާ ފޯއް، ސުޕާރީ، ކިއްލި އަދި މީރު ބިލެތް ފަދަ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ނަންބަރު CSM/28/2025 ސިޓީން އެދިފައިވާތީ، މިއިދާރާއިން ބާއްވާ ހަފްލާތަކުގައި ދުފަން ބޭނުންކުރާ ބާވަތްތައް ނުބެހެއްޓުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

3. ހުށަހެޅުނު މައްސަލަ: މާލޭ އުތުރު ފަރާތުގައި ޤާއިމް ކުރެވޭ ޕާރކިންގް އާ ގުޅެގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީއަށް ދިމާވެފައިވާ ވެހިކަލް ޕާރކިންގ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލޭ އުތުރު ފަރާތުގައި ޤާއިމް ކުރެވޭ ޕާރކިންގ ބިލްޑިންގތައް ތަރައްޤީކުރުމަށާ، މި ޕާރކިންގ ބިލްޑިންގތައް އެޅުމަށް ބިމެއްގެ ގޮތުގައި ސަލްމާން މިސްކިތާ ކާނިވާ ސަރަހައްދުން 28،604 (އަށާވީސް ހާސް ހަ ސަތޭކަ ހަތަރު) އަކަފޫޓުބިމެއް ހަމަޖެއްސުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް