މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 197 ވަނަ ރަސްމީ ޢާއްމު ޖަލްސާ

197

Sitting

4

Term


Jun 04

Date

14

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 197 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1.ހުށަހެޅުނު މައްސަލަ: މ.މުއިވެޔޮދޮށުގެ (ބޮޑުގެ) ބިމުން މިސްކިތް އިމާރާތްކުރުމާ މެދު ލޭންޑް އެންޑް ބިލްޑިންގ ކޮމިޓީން ނިންމާފައިވާ ގޮތް ކައުންސިލަށް ހިއްސާ ކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ބިމުގައި މިސްކިތް އިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ކުރިން ހަވާލުކޮށްފައިވާ ބިމުގައި، މިސްކިތް އިމާރާތްކުރުމަށް އެކަށީގެންވާ ޖާގަ ނުލިބިދާނެކަމަށް ފެންނާތީ، އެ މިނިސްޓްރީން އެދިފައިވާ ގޮތަށް މިސްކިތަށް ބޭނުންވާ އިތުރު ޖާގަ، ޕާކިންގއަށް ކަނޑައަޅާފައިވާ ބައިން ހަމަޖެއްސުމަށާއި ޕާކިންގއަށް ބޭނުންވާ ޖާގަ، މިސްކިތަށް ކަނޑައަޅާފައިވާ ބައިން ހަމަޖެއްސުމާއެކު މި ބަދަލުތަކާއެކު އަލުން ކުރަހާފައިވާ ޗާޓުގައިވާ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމަށް ލޭންޑް އެންޑް ބިލްޑިންގ ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

2. ހުށަހެޅުނު މައްސަލަ: ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ޖުލައި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީހެއް ކަނޑައެޅުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ޖުލައިމަހު ބާއްވަންޖެހޭ ބައްދަލުވުން ޖުލައި 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝްނަހުލާ ޢަލީ މުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު