މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 199 ވަނަ ރަސްމީ ޢާއްމު ޖަލްސާ

199

Sitting

4

Term


Jun 18

Date

15

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 199 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1.ހުށަހެޅުނު މައްސަލަ: ޕްރޮޕޯސަލް އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، "ޕްރޮޕޯސަލް (ބިޑް) އިވެލުއޭޝަން ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އޮތުން މުހިންމުކަމެއްކަމުގައި ދެކޭ ކަމަށާއި، މިކޮމިޓީގެ ބޭނުމަކީ އަންނަ ބިޑްތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ބިޑްތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު ބިޑްކޮމިޓީއަށް ގެންގޮސް ބިޑް އެވޯޑްކުރުމުގެ މަސައްކަތް ކުރުމެވެ. އެގޮތުން އިވެލުއޭޝަން ކޮމިޓީއެއް އުފައްދާ މެމްބަރުންގެ ގޮތުގައި، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް، ކައުންސިލަރ ޢަލީ އައިމަން، ކައުންސިލަރ އިބްރާޙިމް މުޙައްމަދު، ކައުންސިލަރ އާއިޝަތު ނާޒިމާ އަދި ސީނިއަރ ކައުންސިލް އެގްޒެކެޓިވް (އެކްޓިން އެސް.ޖީ) ޢަބްދުލް މުޙައިމިން ނަސީރުގެ ހަމަޖެއްސުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

2.ހުށަހެޅުނު މައްސަލަ: ވިލިމާލޭގައި އާއްމު ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް އިތުރު ފާޚާނާ ބަރިއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ވިލިމާލޭގައި ޢާއްމު ފާޚާނާބަރިއަކަށް މިހާރު ހުރީ އެންމެ ފާޚާނާބަރިއެއް ކަމަށާއި،މިހާރުވެސް ވިލިމާލޭގައި 2 ސަރަހައްދެއްގައި ޢާއްމުން މޫދަށްއެރި ހަދާކަމަށާއި، މާލެއިންވެސް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށްއެރި ހެދުމަށް ވިލިމާލެއަށް ދާކަމަށާއި، އިތުރު ފާޚާނާބަރިއެއް ހުރުމަކީ މުހިންމު ކަމަކަށްވާތީ، ވިލިމާލޭގައި ޢާއްމުންނަށް ފަސޭހަކަމާއި އެކު ބޭނުންކުރާނޭ އިތުރު ފާޚާނާ ބަރިއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.