މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 212 ވަނަ ރަސްމީ ޢާއްމު ޖަލްސާ

212

Sitting

4

Term


Sep 17

Date

18

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 212 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

ހުށަހެޅުނު މައްސަލަ: ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅުންހުރި، ކައުންސިލް މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ކުރިއަށް ގެންދާ ސެމިނަރ، ޓްރެއިނިންގ އަދި ވޯރކްޝޮޕްތަކުގައި ބައިވެރިވާ ކައުންސިލަރުންގެ ޚަރަދުތައް، އެކައުންސަލަރަކު އަމިއްލައަށް ހަމަޖައްސާ ހާލަތުގައިވެސް، އެ ފަދަ ބައިވެރިވުންތަކުގައި ބައިވެރިވުމަށް ހޭދަވާ ދުވަސްތައް އެއީ ޓްރެއިނިންގ ލީވްއެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅުންހުރި، ކައުންސިލް މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ކުރިއަށް ގެންދާ ސެމިނަރ، ޓްރެއިނިންގ އަދި ވޯރކްޝޮޕްތަކުގައި ބައިވެރިވާ ކައުންސިލަރުންގެ ޚަރަދުތައް، އެކައުންސަލަރަކު އަމިއްލައަށް ހަމަޖައްސާ ހާލަތުގައިވެސް، އެ ފަދަ ބައިވެރިވުންތައް އެއީ ޓްރެއިނިންގ ލީވްއެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.އެ ފަދަ ބައިވެރިވުންތަކުގައި ބައިވެރިވުމަށް ހޭދަވާ ދުވަސްތައް އެއީ ޓްރެއިނިންގ ލީވް(އެޗް.އާރ ސިސްޓަމުން ނަމަ ފޮރިންގ ޓްރިޕް ލީވް)ގެ ގޮތުގައި ހަމަޖެއްސުމާމެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ގަލޮޅު ސްކޫލްގޯތި ތެރޭގައި "އިޤްރައު އިންސްޓިޓިއުޓް" ގެ ނަމުގައި ބޮޑެތި މީހުންނަށް އޮންލައިންކޮށް ހިންގަމުންގެންދިޔަ ޤުރުއާން ކްލާސްތައް ހިންގުމަށްޓަކައި، "އިޤްރައު އިންސްޓިޓިއުޓް" ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އިޢުތިރާޒެއްނެތްކަމުގެ ލިޔުން މިކައުންސިލުން ދިނުމާ ގުޅޭ ގޮތުން ކޯޕަރޭޓް ކޮމިޓީން ނިންމަވާފައިވާ ގޮތާގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ގަލޮޅު ސްކޫލްގޯތި ތެރޭގައި "އިޤްރައު އިންސްޓިޓިއުޓް"ގެ ނަމުގައި،އެ ސްކޫލުން، ބޮޑެތި މީހުންނަށް އޮންލައިންކޮށް ހިންގަމުންގެންދިޔަ ޤުރުއާން ކްލާސްތައް ހިންގުމަށްޓަކައި، "އިޤްރައު އިންސްޓިޓިއުޓް" ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އިޢުތިރާޒެއްނެތްކަމުގެ ލިޔުން މިކައުންސިލުން ދިނުމާ ގުޅޭ ގޮތުން ކޯޕަރޭޓް ކޮމިޓީން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް، ގަލޮޅު ސްކޫލްގޯތި ތެރޭގައި "އިޤްރައު އިންސްޓިޓިއުޓް" ގެ ނަމުގައި އެ ސްކޫލުން ހިންގަމުން ގެންދިޔަ ކޯސްތައް ހިންގުމަށް އިޢުތިރާޒެއްނެތްކަމުގެ ލިޔުމެއް މިކައުންސިލުން އެފަރާތަށް ދިނުމާމެދު، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: "ޕްރޮޕޯސަލް އިވެލުއޭޝަން ކޮމިޓީ"ގެ ނަމުގައި ކުރިން އުފައްދާފައިވާ ކޮމިޓީ އަށް ބަދަލުގެނެސް އަލުން އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، "ޕްރޮޕޯސަލް އިވެލުއޭޝަން ކޮމިޓީ"ގެ ނަމުގައި ކުރިން އުފައްދާފައިވާ ކޮމިޓީގެނަން "ބިޑް އިވެލުއޭޝަނަށް ލަފާދޭ ކޮމިޓީ"ގެ ނަމަށް ބަދަލުކޮށް، އެ ކޮމިޓީ އަލުން އެކުލަވާލުމަށް ނިންމުނެވެ. މިކޮމިޓީގެ ބޭނުމަކީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ރައްޔިތުންނާ ގުޅުންހުރި މުހިންމު ޕްރޮޖެކްޓްތަކަށް ހުށަހަޅާ ބިޑްތައް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި އިވެލުއޭޓް ކުރުމުގައި މާލެ ސިޓި މޭޔަރަށް ޕޮލިސީ ލެވެލްގައި ލަފާދިނުމުގެ ގޮތުން އުފެއްދި ކޮމިޓީއެކެވެ. އަދި، ބިޑް އިވެލުއޭޝަނަށް ލަފާދޭ ކޮމިޓީ މެމްބަރުންގެ ގޮތުގައި، ކައުންސިލަރ ފާތިމަތު އިޝާން ޢަލީ، ކައުންސިލަރ އިބްރާހީމް އަބޫބަކުރު، ކައުންސިލަރ ޙަސަން ނިޒާމް، ކައުންސިލަރ މުޙައްމަދު ސައިފް ފާތިޙް، ކައުންސިލަރ ނަޙުލާ ޢަލީ، ކައުންސިލަރ ފާތިމަތު ޝައުފާ ސަލީމް އަދި ކައުންސިލަރ އަޙުމަދު ރިޝްވާން ހަމަޖެއްސުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

މައްސަލަ

ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ހޯލްގައި މުވައްޒަފުންނަށް ޙާއްޞަ ކެންޓީނެއް ހެދުމާއި ވެހިކަލް ގަރާޖެއް ހެދުމާގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މާލެ ސިޓީ ހޯލުގައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތުގައި އުޅެމުންދާ ކަމަށާއި، މާލެ ސިޓީ ހޯލް ހިމެނޭ ސަރަޙައްދުގައި، އާންމުކޮށް ބޭނުންކުރާ ބާވަތުގެ އެއްޗެއް ގަނެލާނެ ތަނެއް ނެތުމާއި ގިނަ މުވައްޒަފުންތަކެއް ކެއުން ބުއިމަށް ބޭރަށް ދާން ޖެހުމާ ގުޅިގެން މަސައްކަތްތަކަށް ބުރޫއަރާނެތީ، ސިޓީ ހޯލްތެރޭގައި ކެންޓީނެއް އަދި ވެހިކަލް ގަރާޖެއް ހެދުމަށާއި އަންނަ ހަފްތާގެ ޖަލްސާއަށް ކޮންސެޕްޓް ޑްރޯވިންގ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމުގައި މާލެ ސިޓީކައުންސިލާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން، މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމުގައި މާލެ ސިޓީކައުންސިލާއި މޯލްޑިވްސް ރެޑް ކްރެސެންޓްއާ އެކު ކުރެވުނު މަޝްވަރާތަކުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ބިނާކޮށް، ދެފަރާތްތ ގުޅިގެން ކުރެވިދާނެ ކަންތައްތައް ހިމަނައި، މޯލްޑިވްސް ރެޑް ކްރެސެންޓުން ހުށަހަޅާފައިވާ،ފަހުމުނާމާގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނައިގެން، ކުރިއަށް ދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

މާލޭ ސިޓިކައުންސިލުން އެފަރާތަށް ފޯރުކޮށްދިނުމަށް އެދިފައި ހުރި ކަންކަން:

• 4 ސްޓާފުން ޚިދުމަތަށް ދޫކުރުން. ގާތްގަނޑަކަށް އަހަރަކަށް 384,000.00 (މިނިމަމް ވޭޖް ރޭޓުން ބަލާނަމަ)

• 2 ޕާރކިންގް ސްލޮޓް (02 ވެހިކަލް އަށް)

• ޕެޓްރޯލް އަދި މެއިންޓަނަންސްއަށް އަހަރަކަށް 88,000.00 ރުފިޔާ.