219
Sitting
4
Term
Nov 05
Date
10
Attendance
219
Sitting
4
Term
Nov 05
Date
10
Attendance
ޖަލްސާގެ ކުރެވުނު މަސަތްކަތްތައް
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 217 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
ހުށަހެޅުނު މައްސަލަ: ދިރާގުގެ މުއާސަލާތީ ޚިދުމަތްތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށްޓަކައި މާލޭގެ 26 ސަރަހައްދެއްގައި، 8(މ)ގެ ރޯޑްސައިޑް ޕޯލް ޖެހުމަށް ބޭނުންވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. ދިރާގުގެ މުއާސަލާތީ ޚިދުމަތްތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށްޓަކައި މާލޭގެ 26 ސަރަހައްދެއްގައި، 8(މ)ގެ ރޯޑްސައިޑް ޕޯލް ޖެހުމަށް ބޭނުންވާކަމަށް އެދި ފޮނުވާފައިވާ ސިޓީގައި ފާހަގަ ކޮށްފާވާ ސަރަހައްދުތަކުގައި ރޯޑް ސައިޑް ޕޯލް ޖެހުމުގެ ހުއްދަ ދިނުމާމެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
ުށަހެޅުނު މައްސަލަ: އުރީދޫ މޯލްޑިވްސް އިން ދޭ ޚިދުމަތްތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށްޓަކައި މާލޭގެ 35 ސަރަހައްދެއްގައި ސްޓްރީޓް ޕޯލް ޖެހުމަށް ބޭނުންވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މިކަމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭތީއާ، މިހާރު އިމާރާތްކުރާ އިމާރާތްތައް އުސްކޮށް ނެގުމުގެ ސަބަބުން ކަވަރޭޖް ލިބުމުގައި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، އުރީދޫ މޯލްޑިވްސްއިން އެދިފައިވާ ސަރަހައްދުތަކުގައި ޕޯލްތައް ޖެހުމަށް ހުއްދަ ދިނުމާމެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
ހުށަހެޅުނު މައްސަލަ: 29 އޮކްޓޯބަރ 2025 އިން 31 އޮކްޓޯބަރ 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއަރ ސަރފިންގް ޗެންޕިއަންޝިޕް އަދި 01 ނޮވެންބަރ 2025 އިން 07 ނޮވެންބަރ 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަންނަމާރި ޗެލެންޖެ 1447 އިވެންޓްތަކަށް މި ކައުންސިލްގެ ސަޕޯޓާއި ޕާޓްނާޝިޕަކަށް އެދި މޯލްޑިވްސް ސަރފިންގް އެސޯސިއޭޝަނުން ފޮނުވާފައިވާ ސިޓީގައި އެދިފައިވާ ކަންކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. 29 އޮކްޓޯބަރ 2025 އިން 31 އޮކްޓޯބަރ 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއަރ ސަރފިންގް ޗެންޕިއަންޝިޕް އަދި 01 ނޮވެންބަރ 2025 އިން 07 ނޮވެންބަރ 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަންނަމާރި ޗެލެންޖެ 1447 އިވެންޓްތަކަށް މި ކައުންސިލްގެ ސަޕޯޓާއި ޕާޓްނާޝިޕަކަށް އެދި މޯލްޑިވްސް ސަރފިންގް އެސޯސިއޭޝަނުން އެދިފައިވާތީ، މި ކައުންސިލުން ދޭ އެހީތެރިކަމެއްގެ ގޮތުގައި -/50،000.00 ރުފިޔާ ހަމަޖައްސައި ދިނުމަށާއި ޕާޓްނަރޝިޕް އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމާމެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.









