މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 222 ވަނަ ރަސްމީ ޢާއްމު ޖަލްސާ

222

Sitting

4

Term


Nov 25

Date

18

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 222 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

ހުށަހެޅުނު މައްސަލަ: ކުނިކަހާ މުވައްޒަފުންގެ އެގްރީމެންޓްގެ މުއްދަތު 02 އަހަރު ދުވަހަށް އިތުރު ކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މާލެ ސިޓީގައި މަސައްކަތް ކުރާ ކުނިކަހާ މުވައްޒަފުންނަށް މާލީ ދަތިކަމާއި ލޯނު ނެގުމުގައި ވެސް ދަތިތައް ހުރުމުން އެ މުވައްޒަފުންގެ އެގްރީމަންޓް އައު ކުރާ އިރު 02 އަހަރު ދުވަހަށް އެގްރީމަންޓްގެ މުއްދަތު އިތުރުކޮށް ދިނުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ ވެހިކަލް ޕާކިން އަށް ދޫކޮށްފައިވާ ސަރަޙައްދުތައް ފިޔަވައި، ޕާރކިން އަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީވެ، މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ދޫކޮށްފައިވާ ޕާކިން ތަކުގެތެރެއިން، ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކުގެ އެގްރީމަންޓް އައުކޮށްދިނުމަށާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ނޫންގޮތަކަށް ދީފައިވާ ސްލޮޓްހުރި ނަމަ، އެ ސްލޮޓްތައް އަލުން އިއުލާންކޮށް ލޯކަލް އޮތޯރިޓީގެ ލަފައަކާއެކު ކުރިއަށް ދިއުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލޭގެ ލޮނުޒިޔާރަތްކޮޅުން ސާރފިންގ ސްޓޭޑިއަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިމަށް 3975 އަކަފޫޓުގެ ބިން، އިތުރުކޮށްދިނުމަށް އެދި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ފޮނުއްވާފައިވާ ނަންބަރު: 13-PU/425/2025/66 ސިޓީއާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މާލޭގެ ލޮނުޒިޔާރަތްކޮޅުން ސާރފިންގ ސްޓޭޑިއަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިމަށް 3975 އަކަފޫޓުގެ ބިން، އިތުރުކޮށްދިނުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: "ވެހިކަލް ކެރީން ކެޕޭސިޓީ" ސްޓަޑީގައި، ޓްރެފިކް ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް ހިއްސާކޮށް، ކުރިއަށްދާނެ ގޮތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. "ވެހިކަލް ކެރީން ކެޕޭސިޓީ" ސްޓަޑީގައި، ޓްރެފިކް ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ހަދާފައިވާ ރިޕޯޓް، މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ ހިއްސާ ކުރުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ވިލިމާލޭގެ ކޮމާޝަލް ބިންތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ހިއްސާކޮށް، އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ބިންތައް ކުއްޔަށް ދިނުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފައަކަށް ފަހުގައި ބިންތައް ދޫކުރުމާ މެދު ގޮތެއް ނިންމުމަށާއި ވިލިމާލޭގެ ކޮމިއުނިޓީ ގާރޑަން މިހާރު އޮތް ލޮކޭޝަނުން އެހެން ލޮކޭޝަނަކަށް ބަދަލުކޮށް ބަރާބަރަށް ފައިސާ ދައްކާ މީހުންނަށް ފުރުސަތު ދިނުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުފާތިމަތު ޝައުފާ ސަލީމްސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝް ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު