ދިވެހިރާއްޖެ އިސްލާމްވިތާ ނުވަ ޤަރުނު (900 އަހަރު) ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މާލެ ސިޓީ ކައުންސިލްގެ އިސްލާމިކް އެންޑް ކަލްޗަރަލް އެފެއާޒް ކޮމެޓީއިން "ޚާއްޞަ ގޮފިކޮޅު" ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
މި ފޮތް ނެރެފައިވަނީ މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަންގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް އެވެ.
މި ފޮތުގައި ރަންނަމާރި ވާހަކައިގެ ދިރާސާއެއް ހިމަނައިފައި ވެއެވެ.
ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތު ލިބިގަތީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. މިއަދަކީ އެ މަތިވެރި ތާރީޚަށް 900 އަހަރު ފުރުނު މުހިންމު ދުވަހެވެ.
މިއަދު ސަލްޓަން ޕާކުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ އެކި ދާއިރާތަކުގެ ކައުންސިލަރުންނާއި، ކައުންސިލްގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ތާރީޚީ ހޭލުންތެރިކަން އިތުރުކުރުމެވެ.
