މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ކުރިއަށް ގެންދާ "ވިލިމާލެ ކޮމިއުނިޓީ ގާޑްން" ވަރަށް ފުރިހަމަ ކަމަށާއި އެކަން ކުރިއަށް ގެންދަވާތީ މާލެސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފިއެވެ.
ވިލިމާލެ ކޮމިއުނީޓީ ބަގީޗާ އަކީ އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި މާމެލާމެލީގެ ގަސްތައް ހިމެނޭހެން ހަދާފައިވާ ބަގީޗާއެކެވެ.
-1647686443502.webp)
ވިލިމާލެ ކޮމިއުނީޓީ ގާޑްން ގައި އެކި ބާވަތްތަކުގެ ގަސްތައް ހައްދާފައި
މި ބަގީޗާ ފުރިހަމަ ކަމަށް ވިދާޅުވެ ކުރީގެ މޭޔަރު ޝިފާ ކުރެއްވި ޓްވީޓެއްގައިވަނީ އެ ބަގީޗާއަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައި މި ބަގީޗާ ވަރަށް ރީތި ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަވާ ކަމަށްޓަކައި މޭޔަރު ޑރ. މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.
"ވިލިމާލެ ކޮމިއުނިޓީ ގާޑްން" ގެ ކުލި ބޮޑު ކަމަށް ބައެއް އާންމު ފަރާތްތަކުން ބުނާ ބުނުމާއި ގުޅިގެން ޝިފާގެ ޓްވީޓްގައި ވިދާޅުވީ އެތަނުގެ
ކުލި މާލެ ސިޓީ ކައުންސިލަށް ކުޑަކުރެވޭނެކަމަށާއި، މިއަދު ބަގީޗާ ފެންނަނީ ވަރަށް ނަލަކޮށް ކަމަށެވެ.
-1647686405520.webp)