ބަރަކާތްތެރި ރަމަޟާން މަހުގެ ރޫޙާއިއެއްގޮތް ވާގޮތުގެ މަތިން ޚާއްސަކޮށް އެމަސް ފާހަގަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ބާއްވާ "މާލޭ ސިޓީ ކައުންސިލްގެ މަދަޙަ މުބާރާތާއި އަދި ޤުރުއާން މުބާރާތް 1443" ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.
މި ފުރުޞަތު އިތުރު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ނިންމާފައިވަނީ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ވީހާވެސް ގިނަ ދަރިވަރުންނަށް އެ ފުރުޞަތު ފަހި ކޮށްދިނުމުގެ ގޮތުންނެވެ.
މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ އުޞޫލު https://malecity.gov.mv/announcements/36 އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އަދި ޤުރުއާން މުބާރާތުގެ ފޯމާއި މުބާރާތުގެ އުޞޫލު https://malecity.gov.mv/announcements/37 އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ދެމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 22 މާރޗް 2022 ވާ އަންގާރަދުވަހެވެ.
މި މުބާރާތުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މީގެ އިތުރުން އޮންލައިކޮށް ފޯމު ހުށަހަޅުއްވަން ބޭނުން ވާ ފަރާތްތަކުން މާލޭސިޓީ ކައުންސިލްގެ އީމެއިލް [email protected] އަށް ފޯމް ހުށަހަޅުއްވައިގެން ބައިވެރިވެވޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
