މުލަކަތޮޅު ވޭވަށު ކައުންސިލުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުގެ ދެމެދުގައި ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ވަރަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ޚާއްޞަކޮށް، ލާމަރުކަޒީ އުޞޫލުން އިދާރީ ހިންގުން ހަރުދަނާކުރުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސް އަދި ފަސޭހަ މަގަކުން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، ވޭވަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި އެ ރަށު ކައުންސިލުން ކުރައްވަމުންދާ ހީވާގި މަސައްކަތްތައް ފާހަގަކުރައްވައި، ކައުންސިލަށް ސާބަސް ރައްދުކުރައްވާފައެވެ. އަދި ކައުންސިލްތަކުގެ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން މޭޔަރ އެ ބައްދަލުވުމުގައި މޭޔަރ ޢާޒިމް ދެއްވިއެވެ.
