މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 27 ސެޕްޓެމްބަރ 2026


ގަލޮޅު މަދަރުސާގެ ސްޓަރ އައުޓިންގ 2026 ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ މިކާއީލް ބައިވެރިވެވަޑައިގެންފި

ގަލޮޅު މަދަރުސާގައި ކުރިއަށްދިޔަ "ސްޓަރ އައުޓިންގ 2026" ނިންމުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މިކާޢީލް މުޙައްމަދު ރިޔާޟް ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަރަކާތަކީ ދަރިވަރުންގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ތިމާވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ޙަރަކާތެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މޭޔަރު މިކާޢީލް މުޙައްމަދު ރިޔާޟް ވިދާޅުވީ، މިފަދަ ޙަރަކާތްތަކަކީ މާލެއަކީ ފެހި އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް އޮތް ތަނަކަށް ހެދުމަށް މަގުފަހިކޮށްދޭ ނަމޫނާ އިސްނެގުމެއް ކަމަށެވެ. އަދި ޅަފަތުގައި ކުދިންގެ ހިތްތަކުގައި ތިމާވެށްޓަށް ލޯބިޖެއްސުމާއި އިޖުތިމާޢީ ޒިންމާދާރުކަން އަށަގެންނެވުމަކީ މުޖުތަމަޢުގެ ކުރިމަގަށް ކޮންމެހެން މުހިންމު ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގަލޮޅު މަދަރުސާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެ ސްކޫލުގެ އިސްވެރިންނާއި، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ މުދައްރިސުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ޙަރަކާތުގެ ތެރެއިން ދަރިވަރުން ވަނީ އެކި ކަހަލަ ހުނަރުތައް ދައްކުވައިދީ، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ތަފާތު ތަޖުރިބާތައް ހާސިލުކޮށްފައެވެ.