މާލެ ސިޓި ކައުންސިލް

މާލެ ސިޓީ ކައުންސިލް 27 ސެޕްޓެމްބަރ 2026


ކައުންސިލްގެ އިސްވެރިންނަށް މާލެ ސިޓީގެ ތަރައްޤީގެ ޕްލޭނާ ގުޅޭ ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލްގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކައުންސިލްގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި އިސްކަންދޭ ކަންކަން އިތުރަށް ހަރުދަނާކޮށް ވިލަރެސްކުރުމުގެ މަޤްޞަދުގައި ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މާލެ ސިޓީގެ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްގެން ކައުންސިލްގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ މެންހަޓަން ބިޒްނަސް ހޮޓަލުގައެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ކަމާގުޅުންހުރި އެކި ޑިޕާޓްމަންޓްތައް ގުޅިގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އިސްކަންދޭންޖެހޭ މުހިންމު ކަންކަން ދެނެގަތުމެވެ. އަދި ހަމައެއާއެކު، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ އެންމެހައި މަސައްކަތްތައް އެއް އަމާޒަކަށް މިސްރާބުކޮށް، ޑިޕާޓްމަންޓްތަކުގެ މެދުގައި ވިލަރެސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެކެވެ.

މި ވޯކްޝޮޕްގެ ސަބަބުން ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މާލެ ސިޓީއަކީ ދެމެހެއްޓެނިވި، ހަރުދަނާ، އަދި ފުރިހަމައަށް ރޭވިފައިވާ ޕްލޭނެއްގެ ދަށުން ތަރައްޤީވަމުން އަންނަ ޒަމާނީ ސިޓީއަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ބޮޑު މަގުފަހިކަމެއް ލިބިގެންދާނެ ކަން ފާހަގަކުރައްވާފައެވެ.