1448ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މާލޭ ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 22 އޮކްޓޫބަރު 2026 ގެ ހެނދުނު 09:00 އިން ފެށިގެން 05 ނޮވެންބަރު 2026 ގެ 14:00 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން https://competitions.malecity.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. (މިޢުމުފުރާގެ ދަރިވަރުންނަށް ޚަތިމުން ބޭނުންކޮންމެ ތަނެއް 5-7 ފޮޅުވަތުގެ މިންވަރަށް ކިޔެވޭނެއެވެ.) އެ ނޫން ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، ކޮންމެ ގޮތްޕަކުން 1 ވަނަ ، 2 ވަނަ 3 ވަނަ 4 ވަނަ އަދި 5 ވަނަ ހޮވާނެއެވެ. ޤްރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ޢުމުރުފުރާގެ އެއް ގޮފީގައެވެ.
މިމުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން:
1 ވަނަ -/10000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް
4 ވަނަ -/3000ރ، ސެޓްފިކެޓް
5 ވަނަ -/2000ރ، ސެޓްފިކެޓް
މުބާރާތުގެ ސީނިއަރ ގުރޫޕާއި ޖޫނިއަރ ގުރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:
1ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް
2ވަނަ -/10000ރ، ޕްލާކާއި ސެޓްފިކެޓް
3ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް
4 ވަނަ -/5000ރ، ސެޓްފިކެޓް
5 ވަނަ -/3000ރ، ސެޓްފިކެޓް
މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:
1 ވަނަ -/50000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ -/25000ރ، ޓްރޮފީއާއި ސެޓްފިކެޓް
3 ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް
4 ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް
5 ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް
މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް، 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. އެ ނޫން ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގުރޫޕަކުންނާއި، މުޅި މުބާރާތުން 1 ވަނަ ، 2 ވަނަ 3 ވަނަ، 4 ވަނަ، 5 ވަނަ ހޮވޭނެއެވެ.
މި މުބާރާތުގެ ވަނަ ޙާޞިލް ކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން:
1 ވަނަ -/10000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް
4 ވަނަ -/3000ރ، ސެޓްފިކެޓް
5 ވަނަ -/2000ރ، ސެޓްފިކެޓް
މުބާރާތުގެ ސީނިއަރ ގުރޫޕާއި ޖޫނިއަރ ގުރޫޕުން:
1 ވަނަ -/15000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/10000ރ، ޕްލާކާއި ސެޓްފިކެޓް
3 ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް
4 ވަނަ -/5000ރ، ސެޓްފިކެޓް
5 ވަނަ -/3000ރ، ސެޓްފިކެޓް
މުބާރާތުގެ ދެގުރޫޕު އެއްކޮށް، މުޅި މުބާރާތުން:
1ވަނަ -/50000ރ، ޓްރޮފީއާއި ސެޓްފިކެޓް
2ވަނަ -/25000ރ، ޓްރޮފީއާއި ސެޓްފިކެޓް
3ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް
4ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް
5ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް
މި ދެ މުބާރާތުގެ އުޞޫލްތަކާއި މުޤައްރަރު އިޢުލާނާއެކު ޢާންމުކޮށްފައިވާއިރު، މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ ނަންބަރު 1622 އަށް ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.
