ރަމަޟާން މަހަށް މެދުކަނޑާލުމަށްފަހު އަނެއްކާވެސް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން ހޯމަ ދުވަހު މޭޔަރު ޒިޔާރަތް ކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންގެ އަރިހަށެވެ. މި ޒިޔާރަތުގައި ދާއިރާގެ ކައުންސިލަރު އަހުމަދް ޟަމީރު ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިޚާބުގައި މޭޔަރު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.
މޭޔަރު ކަމުގެ ހުވާ ކުރެއްވިފަހުން މޭޔަރު އަންނަނީ ވަޢުދާއި އެއްގޮތަށް ގޭގެއަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަށް ކައިރިން އަޑުއައްސަވަމުންކަން ފާހަގަ ކޮށްލެވެއެވެ.

މާލެ ސިޓީގެ މޭޔަރާއި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޒަމީރު ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރެއްވުން.
ރައްޔިތުންގެ ގާތަށް ކުރައްވާ ޒިޔާރަތުގައި ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މޭޔަރާއި ކައުންސިލަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މާލެ ސިޓީގެ މޭޔަރާއި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޒަމީރު ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރެއްވުން.
ރައްޔިތުންގެ ގާތަށް މޭޔަރާއި ކައުންސިލަރުން ކުރައްވާ ޒިޔާރަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީގެ 18 ދާއިރާގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ އެކަންކަން ވީ އެންމެ އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލް ފެންވަރުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
