މާލެ ސިޓީގެ މޭޔަރު

މާލެ ސިޓީ ކައުންސިލް އިދާރާ07 އޮކްޓޯބަރ 2022


ކްލަބް މޯލްޑިވްސް ކަޕް ގައި ބައިވެރިވާ ކައުންސިލްގެ ޓީމަށް ކާމިޔާބީއަށް އެދެން: މޭޔަރ މުޢިއްޒު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ބައިވެރިވާ މާލެ ސިޓީ ކައުންސިލްގެ ޓީމަށް ކާމިޔާބީއަށް އެދޭކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

8 އޮކްޓޯބަރުވާ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ

ގޮތުން މޭޔަރު ވަނީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މި މުބާރާތުގައި މާދަމާ ހަވީރު 17:00 ގައި ކުޅޭ މެޗްގައި ވާދަކުރާނީ މާލެ ސިޓީ ކައުންސިލްގެ ޓީމް (ޓީމް އެމް ސީ ސީ) އާއި ނިމިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަަން ހޯދި ޓީމް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ޓީމް (އާރް އާރް ސީ) އެވެ.

މި މުބާރާތަށް މާލެ ސިޓީ ކައުންސިލްގެ ޓީމްގެ ކޯޗުކަން ކޮށްދެއްވާނީ ދިވެހި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ކްލަަބް ޓީނޭޖްގެ ކެޕްޓަން އަހުމަދު މުޙައްމަދު (އަންމަޑޭ) އެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.