މާލޭ އާސަހަރާ ( ފޮޓޯ: އަވަސް އެމްވީ)

މާލެ ސިޓީ ކައުންސިލްގެ އިދާރާ26 އޭޕްރިލް 2023


އާސަހަރާ މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

އާސަހަރާ މިސްކިތް މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ގާއިމު ކުރުމަށެވެ.

މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެއެވެ.