ވޭސްޓް ސެކްޝަން

މާލެ ސިޓީ ކައުންސިލް 02 ޑިސެމްބަރ 2024


މާލެސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓްސެކްޝަންގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ހަފުލާއެއް ބާއްވައިފި.

މާލެސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓްސެކްޝަންގެ، މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ހަފުލާއެއް ބާއްވައިފިއެވެ. މި ހަފުލާ ބާއްވާފައިވަނީ، 2 ޑިސެމްބަރ 2024 ވަނަ ދުވަހުގެރޭ 8.00 ގައި މާލޭގައި ހުންނަ ސީ.އެޗް.އެސް.އީ ގެ ހޯލުގައެވެ. މި ހަފުލާގައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި، މާލެސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ޑަބްލިޔު ޑީސީގެ މެމްބަރުންނާއި މާލޭ ސިޓީގެ އިސްވެރިންނާއި ފުލުހުންގެ ބައެއް އިސް ބޭފުޅުންނާއި ވޭސްޓް މެނޭޖުމެންޓް ސެކްޝަންގެ އިސް ވެރިންނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފުލާގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދެއްކެވި ވާހަކަ ފުޅުގައި، ވޭސްޓް މެނޭޖުމެންޓް ސެކްޝަނގެ ބޭފުޅުން ކުރައްވާ ބުރަ، އަގުހުރި މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު ދެންނެވިއެވެ. މޭޔަރުގެ ވާހަކަފުޅުގައި، މާލެސީޓީގެ ކުނި ނަގައި ކުނި އުކުމުގެ މައިގަނޑު ބޭނުމަކީ މާލެ ސިޓީއަކީ ސާފުތާހިރު، ރީތީ ސިޓީއަކަށް ހެދުންމަށާއި، އެހެންކަމުން މާލެ ސިޓީގެ ކުނި ނަގައި ކުނި އެކުމުގައި، އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަ ކުރެއްވިއެވެ.

މި ހަފުލާގައި ވޭސްޓް މެނޭޖުމަންޓް ސެކްޝަންގެ ބޭފުޅުންނަށް ފުލުހުން މެދުވެރިކޮށް ހިންގި އަރުތަ ޕޮރްގްރާމުގެ ބައިވެރިންނަށާއި އަދި ވޭސްޓް މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުންން ހޭލުންތެރި ކުރުމަށް، އެ ސެކްޝަނުން ހިންގި ތަމްރީނު ސެޝަންތަކުގައި ބައިވި މުވައްޒަފުންނަށް ވެސް ސެޓްފިކެޓް ދެވުނެވެ. މި ހަފުލާގައި ވޭސްޓްމެނޭޖުމަންޓް ސެކްޝަނުން މިހާރު ކުރަމުންދާ މަސައްކަތާއި ކުރިމަގުގައި، އެ މަސައްކަތަށް ގެންނަން ރާވާފައިވާ ހެޔޮ ބަދަލު އަންގައިދޭ ވީޑިއޯ ރިޕޯޓެއް ދެއްކުނެވެ.