މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް، އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މޭޔަރ އާޒިމް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ އާޒިމް ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ހިއްސާކުރާ މޫރިތިތަކާއި، އަވަށްޓެރިކަމުގެ ރަނގަޅު ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.
މީގެއިތުރތުން މޭޔަރ އާޒިމް ވިދާޅުވީ މި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރައި، ދެ ޤައުމަށް ފާގަތިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ ގުޅުމަކަށް ކުރިއަށް އޮތް އަހަރުތަށް ވެސް ވެގެންދާނެ ކަމަށް މޭޔަރ އާޒިމް ވިދަޅުވި އެވެ.
އަވައްޓެރި އިންޑިއާގެ 76 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދަޔަ ބުރާސްފަތި ދުވަހުގެ ރޭ ، ހުޅުމާލެ ސެންޓަރަލް ޕާކުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފްޑް ފެއަރ އަށް ވެސް މޭޔަރ އާޒިމް ވަނީ ޒިޔާރަތް ކުރައްވައިފައެވެ