މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފަށްޓަވައިދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމެވެ.
މި މުބާރާތް ފެށްޓެވުމަށް، 2 ފެބުރުއަރީ 2025 ގައި، ކިންގް ސަލްމާން މިސްކިތުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ ކައުންސިލަރުންނާއި ޑަބްލިޔު ޑީސީގެ މެމްބަރުންނާއި މާލެ ސިޓީ ކައުންސިލުގެ ވެރިންނާއި މުއައްޒަފުންނާއި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ބައިވެރިވެ ލެއްވިއެވެ.
މުބާރާތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢާޒިމް ވަނީ، ކީރިތި ޤުރުއާން އުންގެނުމާއި އުނގަންނައި ދިނުމުގެ މުހިއްމުކަމާއި އަދި އެކަމުން ލިބޭ ދަރުމައާއި ސަވާބުގެ މައްޗަށް ބައްލަވައިލައްވާފައެވެ.
މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި، ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމުކީ، ޤަދީމީ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި އޮތް ޘަޤާފަތެއް ކަމަށާއި މި ގޮތުން ކޮންމެ ރެއެއްގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު ޤުރުއާން ކިޔެވުމަށް، އޭރު ޚާއްޞަކުރާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެ އާދަ އެ ގޮތުގައި ދެމެހެއްޓުމަށް މޭޔަރ އިލްތިމާސް ކުރެއްވިއެވެ.
ހާހެއްހާ ދަރިވަރުން ބައިވެރިވި މި ދެ މުބާރާތް ކުރިޔަށް ދަނީ 6 ޢުމުރުފުރާއަކަށް ބަހައިގެންނެވެ. ޤުރުއާން މުބާރާތުގެ ކިޔެވުން މި ހިނގާ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހާ ހަމަށް ކުރިޔަށް ދާނެއެވެ.
މަދަޙަ މުބާރާތް ކުރިޔަށް ދާނީ، ފެބުރުއަރީ މަހު 9 އިން 13 އަށެވެ. މި ދެ މުބާރާތް ވެސް ކުރިޔަށް ދަނީ ކިންގް ސަލްމާން މިސްކިތުގެ ހޯލުގައއެވެ.
މުބާރާތުގެ ރެކޯޑިން 1446 ވަނަ އަހަރުގެ ރަމްޟާންމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓީވީން ދެއްކުމަށްވަނީ ހަމަޖެހިފައި، އަދި މާލެ ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލްއިން ފެންނާނެ