މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 04 ފެބްރުއަރީ 2025


މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމައިފި.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ބްލޮކްތަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތުގެ ތެރެއިން މި ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 9 ގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގާއި ރަށްދެބައިމަގުގެ މަސައްކަތް ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ވަރަކުން މާލޭގެ މަގުތަކުގެ އެކި ސަރަހައްދު ތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ގޮތަށް ގެނެވޭ ބަދަލުތައް މާލެ ސިޓީ ކައުންސިލުން ހާމަ ކުރަމުންދާނެ ކަމަށާއި މި ކަމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައެކެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.