މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 15 އޭޕްރިލް 2025


ބަވަނަ ވަމުންދާ ދިއުމުގައި ދިވެހި ބަހަށް ކުރަމުންދާ އަސަރުތަކާ މެދު ސަމާލުވުމަށް މޭޔަރ ޢާޒިމް އިލްތިމާސް ކުރައްވައިފި

ދުނިޔެ ބަވަނަ ވަމުންދިއުމުގެ ސަބަބުން، އިންސާނުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ހުރިހައި ބަހަކަށް ކުރަމުންދާ އަސަރުތައް، ދިވެހި ބަހަށް ވެސް ކުރަމުންދާ ކަމާމެދު ސަމާލުވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

މޭޔަރ ޢާޒިމް މި ފަދައިން އިލްތިމާސް ކުރައްވާފައިވަނީ ދިވެހި ބަހުގެ ދުވަހާގުޅިގެން އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހި ބަހަކީ، އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން، ދިވެހިން ފަޚުރުވެރިވާންވީ ކަންތައްތަކެއް އެކުލެވިފައިވާ ބަހެއް ކަމަށެވެ. އެ ގޮތުން ދިވެހި ބަސް ލިޔަން އަމިއްލަ އަކުރެއް ލިބިފައިވުމާއި ދިވެހި ބަހުގެ އަމިއްލަ އަޑުތަކެއް ހުރުމާއި ލިޔުމަށް ބޭނުންކުރާ އަކުރު މަދުވުމަކީ ވެސް ދިވެހި ބަހަށް ލިބިފައިވާ ޚާއްޞަ ސިފައެއް ކަމަށް ވެސް މޭޔަރ ޢާޒިމްގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހި ބަހުގައި ވަޒަން ބަހުރުވައިގެ، 8 ބާވަތެއް އެކުލެވިގެން ވުމަކީ ވެސް، ދިވެހި ބަހާމެދު ދިވެހިން ފަޚުރުވެރިވާންވީ މުހިއްމު ސަބަބެއް ކަމަށެވެ.

ދިވެހި ބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.