ތ. އަތޮޅު ގުރައިދޫ ކައުންސިލުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ސޮލައިޓް ރެސްޓޯރަންޓުގައެވެ.
މި ބައްދަލުކުރެއްވުމަށް ފަހު މޭޔަރ ޢާޒިމް އެކްސްގައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މި ބައްދަލުކުރުމުގައި ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެ ގޮތުން މާލެ ސިޓީ ކައުންސިލާއި ގުރައިދޫކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ރާއްޖޭގެ ސިޓީ ތަކާއި، އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާއި އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ، ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް ކަމަށެވެ.
މި ބައްދަލުވުމަށް ފަހު މޭޔަރ ޢާޒިމް ވަނީ، ގުރައިދޫ ކައުންސިލް މެމްބަރުންނަށް، މެންދުރުގެ ފަރިއްކޮޅު ދެއްވައިފައެވެ.