މާލެ ސިޓީ ކައުންސިލް

މާަލެ ސިޓީ ކައުންސިލް 08 މެއި 2025


ދާންދޫ ކައުންސިލުން މޭޔަރ ޢާޒިމް އާއި ބައްދަލުކުރައްވައިފި

ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، އަންގާރަ ދުވަހު ސޮލައިޓް ރެސްޓޯރަންޓުގައެވެ.

މި ބައްދަލުކުރެއްވުމަށް ފަހު މޭޔަރ ޢާޒިމް އެކްސްގައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، މި ބައްދަލުކުރުމުގައި ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެ ގޮތުން މާލެ ސިޓީ ކައުންސިލާއި ދާންދޫ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ރާއްޖޭގެ ސިޓީ ތަކާއި، އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާއި އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ، ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް ކަމަށެވެ.

މި ބައްދަލުވުމަށް ފަހު މޭޔަރ ޢާޒިމް ވަނީ، ދާންދޫ ކައުންސިލް މެމްބަރުންނަށް، މެންދުރުގެ ފަރިއްކޮޅު ދެއްވައިފައެވެ.