މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 19 މެއި 2025


ވިލިމާލޭގައި ތަރައްޤީ ކުރާ ދެ ވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަރައްޤީ ކުރާ ދެ ވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ކައުންސިލުން، މި މައިޒާން ތަރައްޤީ ކުރަމުން އަންނަނީ ވިލިމާލެ ފެރީޓާރމިނަލް ކުރިމަތީގައެވެ.

މާލެ ސިޓީއަކީ ހިތް ފަސޭހަތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިހާރުވެސް ވިލިމާލޭގެ އިތުރުން، މާލޭގައި ވެސް ހިތް ފަސޭހަ މައިޒާންތަށް ހެދުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެ ގޮތުން ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ ހުސް ބިމުގައިޔާއި ކުރީގެ ބައިއިންޖީނުގެ ކުރިމަތިން އޮންނަ "ގަލޮޅު ސިޓީ" ޕާކުގައި ހިތް ފަސޭހަ މައިޒާނެއް އަންނަނީ ތައްރައްޤީ ކުރަމުންނެވެ.

ވިލިމާލޭގައި އިތުރު ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސް ބިންތައް ސާފުކުރުމުގެ މަސައްކަތެވެ.

ވިލިމާލޭގެ ހުސް ބިމިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި، ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ވެސް އިންދުމަށެވެ.