މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 04 ނޮވެމްބަރ 2025


ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޭޔަރ އާދަމް ޢާޒިމް ތަހުނިޔާ ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ތަހުނިޔާ ފޮނުއްވައިފިއެވެ.

މޭޔަރ އާދަމް ޢާޒިމް މާލެ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ވީޑިއޯ މެސެޖްގައި، 3 ނޮވެމްބަރު 1988ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި 19 ދިވެހިންގެ ޒިކުރާ އާ ކޮށް، މި ފަދަ ނުރައްކާތެރި ޢުދުވާނީ ހަމަލާތަކުން ދިވެހި ލޮބުވެތި ވަޠަން ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

"3 ނޮވެމްބަރު 1988ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި 19 ދިވެހިންގެ ފުރާނަފުޅަށް ސުވަރުގޭ މަތިވެރި ނިޢުމަތް މިންވުކުރައްވާށި. މި ފަދަ ނުރައްކާތެރި ޢުދުވާނީ ހަމަލާތަކުން، ތާ އަބަދު، މި ލޮބުވެތި ވަޠަން ސަލާމަތް ކުރެއްވުން އެދި، އޯގާވަންތަ الله ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަ ކުރާ ދުވަހެވެ.