މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 11 ޑިސެމްބަރ 2025


ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ: މޭޔަރ އާދަމް ޢާޒިމް

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މި އިންސާނީ ހައްގުތަކުގެ ދުވަހުގައި، ކޮންމެ ފަރުދެއްގެ ވެސް ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ

ތަނަކަށް މާލެ ސިޓީ ހެދުމަށް ޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ޔަގީންކޮށް އެކަން ފާހަގަކުރަން" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މުޖުތަމައަށް ޓަކައި ރައްކާތެރި އެންމެން ބައިވެރިވާ ފަދަ މުސްތަޤުބަލެއް ބިނާކޮށް، ހުރިހާ އެންމެންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމަށް އދ އިން ކަނޑައަޅާފައިވާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

މިއީ، ކޮންމެ އިންސާނަކަށް ވެސް އިންސާފާއި، އިންސާނީ ކަރާމާތާއި، އަމިއްލަ މިނިވަންކަން ޔަޤީންކޮށްދިނުމަށް ޓަކައި މުޅި ދުނިޔޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކުރުމުގެ މަޤްސަދުގައި އދ އިން ފާހަގަކުރާ ދުވަހެކެވެ.