މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 15 ޖަނަވަރީ 2026


ހެންވޭރު ބޯޅަދަނޑު ކުރިމަތީގައި ތަރައްޤީކުރި ބަސް ހުއްޓި ބޭނުން ކުރަން ފަށައިފި

މާލެ ސިޓީ ކައުންސިލުން މަޖީދީމަގު، ހެންވޭރު ބޯޅަދަނޑު ކުރިމަތީގައި ތަރައްޤީކުރި ބަސް ހުއްޓި ބޭނުންކުރަން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތުން ތަރައްޤީކޮށްފައިވާ މި ބަސް ހުއްޓި، އެ ސަރަހައްދުން ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ ތަނެކެވެ.

މި ބަސް ހުއްޓި އިތުރުން، މާލެ ސިޓީ ކައުންސިލާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެން މާލޭގެ ހަތަރު ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ތަންތަނަކީ އޭޓީއެމްގެ ޚިދުމަތް ލިބޭގޮތަށް، އޭސީ ކުރެވިފައިވާ ތަންތަނަށް ވާނެކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ކައުންސިލުން ވެފައިވާ އެއްބަސްވުމަކީ މާލޭގެ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއެއް ކަމަށެވެ.

އެމްއައިބީއާ ގުޅިގެން ބަސް ސްޓޭޝަން ޤާއިމުކުރާ ސަރަހައްދުތައް:

* މަޖީދީ މަގު، މާފަންނު މައިޒާން (ކުރީގެ މާފަންނު ގަބުރުސްތާން)

* އަމީނީ މަގު، ސިނަމާލެ 3 ހުންނަ ސަރަހައްދު

* ބޮޑުތަކުރުފާނު މަގު، ތައިސޭކޮށި ހުންނަ ސަރަހައްދު

* ބޮޑުތަކުރުފާނު މަގު، ރާޅުގަނޑު ސަރަހައްދު

މި މަޝްރޫއުގެ ޖުމްލަ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެމްއައިބީންނެވެ