މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 20 ޖަނަވަރީ 2026


ރޯދައިގެ ތައްޔާރީ: މިސްކިތްތަކަށް އާ ދިރުމެއް

ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް އާބާތުރަ ފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

މި މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:

* ހުޅުމާލެ މަސްޖިދުލް ޘާނީ: މިސްކިތުގައި މައިޒާނެއް ތަރައްޤީކުރުން.

* ހުޅުމާލެ މަސްޖިދުލް ޚައްތާބު: ފުރާޅު މަރާމާތުކުރުމާއި އާބާތުރަ ފިލުވުން.

* މާލޭ ތަޤްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތް: ގޯތިތެރޭގައި ގަސްއިންދައި ފެހިކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް.

* ހުޅުމާލޭ މަސްޖިދުލް މުޙައްމަދު: ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުން.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ.

މަރާމާތުގެ އިތުރުންވެސް، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި، ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް