މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 07 އޭޕްރިލް 2026


މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުންނާ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް އިންތިޚާބުވި އައު ކައުންސިލަރުންނާ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވަނީ އިންތިޚާބީ ކައުންސިލަރުންގެ ކިބައިން މުހިންމު ކަންތައްތަކަކަށް އެދިވަޑައިގެންފައެވެ. އެގޮތުން، މާލޭގެ ހުރިހާ ދާއިރާއެއްގައި ހުރި ދަތިތަކާއި މައްސަލަތައް ވަޒަންކޮށް، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ފެށުމަށް މޭޔަރ އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދޭ ކައުންސިލަރުންތަކަކަށް ވުމަށް ވެސް މޭޔަރ ޢާޒިމް މިއަދުގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.

މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ކައުންސިލަރުންގެ އެއްބާރުލުން ބޭނުންވާނެކަން މޭޔަރ ޢާޒިމް ވަނީ ފާހަގަކުރެއްވިއެވެ.

މޭޔަރ އާދަމް ޢާޒިމް އާއެކު މާލެ ސިޓީ ކައުންސިލަށް މިފަހަރު އަލަށް އިންތިހާބުވި ކައުންސިލަރުންނަކީ:

އަހުމަދު ޣާލިބު (އެމްޑީޕީ) ހުޅުމާލެ ދެކުނު ދާއިރާ

އަހުމަދު ސަނީހު ޝަރީފް (ޕީއެންސީ) - ހުޅުމާލެ މެދު ދާއިރާ

ފާތިމަތު ޒަހިއްޔާ (އެމްޑީޕީ) - ހުޅުމާލެ އުތުރު ދާއިރާ

ފާތިމަތު ސަހުލާ (އެމްޑީޕީ) - ހެންވެއިރު ހުޅަނގު ދާއިރާ

މީކާއިލް މުހައްމަދު ރިޔާޒު (އެމްޑީޕީ) - މެދު ހެންވޭރު ދާއިރާ

އައިޝަތު ނާޒިމާ (އެމްޑީޕީ) - ހެންވޭރު ދެކުނު

ފާތިމަތު ލައިޒާ (އެމްޑީޕީ) - ހެންވޭރު އުތުރު ދާއިރާ

އައިމިނަތު އިރާޝާ މުހައްމަދު (އެމްޑީޕީ) - ގަލޮޅު އުތުރު ދާއިރާ

އިބްރާހިމް ހަލީމް (އެމްޑީޕީ) - ގަލޮޅު ދެކުނު ދާއިރާ

ހައްވާ ޝިފާނާ (އެމްޑީޕީ) - މައްޗަންގޮޅި މެދު ދާއިރާ

ހަދީޖާ މުހައްމަދު (އެމްޑީޕީ) - މައްޗަންގޮޅި އުތުރު ދާއިރާ

ފަރުހާން ޝަފީއު (އެމްޑީޕީ) - މައްޗަންގޮޅި ދެކުނު ދާއިރާ

މުހައްމަދު ރިލުވާން އަލީ (އެމްޑީޕީ) - މާފަންނު ހުޅަނގު ދާއިރާ

އައިޝަތު ހަނާ (އެމްޑީޕީ) - މާފަންނު މެދު ދާއިރާ

އިބްރާހިމް ލަބާން ޝަރީފް (އެމްޑީޕީ) - މާފަންނު ދެކުނު ދާއިރާ

ހުސައިން ފުރުޝާން (އެމްޑީޕީ) - މާފަންނު އުތުރު ދާއިރާ

އިބްރާހިމް ސަމާހު (ޕީއެންސީ) - ވިލިމާލެ ދާއިރާ