މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 19 މެއި 2026


މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް އިންތިޚާބު ކޮށްފި

މާލެސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު އިންތިޚާބު ކޮށްފިއެވެ.

މީކާއިލް މިމަގާމަށް އިންތިޚާބުކުރީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ފަސްވަނަ ދައުރުގެ ފުރަތަމަ ރަސްމީ އާންމު ޖަލްސާގައެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ހޮވިވަޑައިގެންނެވި 4 ކައުންސިލަރަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި މާފަންނު ހުޅުގަނގު ދާއިރާގެ ކައުންސިލަރ، މުހައްމަދު ރިލްވާން ޢަލީއާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާގެ އިތުރުން، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާގެ އިތުރުން ހެންވޭރު މެދު ދާއިރާގެ ކައުންސިލަރު މީކާއިލް މުޙައްމަދު ހިމެނެއެވެ.

މަޤާމަށް އިންތިޚާބު ކުރާނެ ފަރާތެއް ކަނޑައެޅުމަށް އެމްޑީޕީ ކައުންސިލަރުންގެ މެދުގައި ވަނީ ވޯޓެއް ނަގާފައެވެ. އެގޮތުން ޖުމްލަ 7 ވޯޓާއެކކުރި ހޯއްދެވީ ކައުންސިލަރ މީކާއިލް މުހައްމަދުއެވެ. އަދި ކައުންސިލަރ ޒަހިއްޔާއަށް 5 ވޯޓު ލިބިފައިވާ އިރު ދެން ވާދަ ކުރެއްވި ދެ ކައުންސިލަރުންނަށް ލިބިވަޑައިގެންނެވީ ކޮންމެ ކައުންސިލަރަކަށް 2 ވޯޓެވެ.

މި ވޯޓާއެކު ހުރިހާ ކައުންސިލަރުން ހިމެނޭ ހެން ނެގި ވޯޓުންވެސް ކައުންސިލަރ މީކާއިލް ވަނީ ކުރި ހޯއްދަވާފައެވެ.

މާލެ ސިޓީގެ ނިމިދިޔަ ދައުރުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީން ނަގާފައިވީ ނަމަވެސް މި ދައުރުގެ މެޖޯރިޓީ ނަގަފައިވަނީ އެމްޑީޕީންނެވެ.