މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 10 ޖޫން 2026


މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވިލިމާލެ ބޯޓް ޔާޑް ސަރަހައްދަށް ބޭސް އަޅައިފި

ވިލިމާލެ ބޯޓް ޔާޑް ސަރަހައްދުގައި މަދިރި ފަނި އާލާވާ ގޮތަށް ފެން ހެދިފައި ހުރި އުޅަނދުތަކަށް ބޭސް އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

މި މަސައްކަތަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މާލެ ސިޓީ ކައުންސިލްގެ ޕެސްޓް ސެކްޝަން އަދި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެންނެވެ. މި މަސައްކަތުގެ ތެރެއިން ބޯޓް ޔާޑް ސަރަހައްދުގައި ހުރި އުޅަނދުފަހަރުގެ ތެރެއިން ފެން ހަރުލާފައި ހުރި ތަންތަން ބަލައި، އެ ތަންތަނުގައި މަދިރި އާލާވިޔަ ނުދިނުމަށް ބޭސް އަޅައިފައިވެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަދިރި އާލާވުމަށް މަގުފަހި ނުވާނެ ގޮތަކަށް ވިސްނައިގެން ކަންކަން ކުރުމަށް މާލެ ސިޓީގެ ހުރިހައި ރައްޔިތުން ގެ ކިބައިން އެދޭކަމަށެވެ. މޭޔަރުގެ ވާހަކަފުޅުގައި ވަނީ، މާލެ ސިޓީގެ ސާފުތާހިރުކަމާއި ޞިއްޙީ ރައްކާތެރިކަން ޤާއިމްކުރުމަށް އެންމެހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ، މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ޓަކައި މެދުކެނޑުމެއް ނެތި މިފަދަ މަސައްކަތްތައް ކުރަމުން ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މި ގޮތުން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި މަދުކުރުމުގެ މަސައްކަތް، ކައުންސިލުން ދަނީ އަބަދު ވެސް ދަނީ ކުރަމުންނެވެ.