މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް21 ޖޫން 2026


މަސްޖިދުލް ސުލްތާނުލް މުހައްމަދު ފަރީދުލް އައްވަލް މިސްކިތުގެ ވުޟޫކުރާބައިގެ މުށިތައް ބަދަލު ކުރަން ފަށައިފި

މާލޭގައި ހުންނަ މަސްޖިދުލް ސުލްތާނު މުހައްމަދުލް ފަރީދުލް އައްވަލް މިސްކިތުގެ ވުޟޫކުރާބައިގެ މުށިތައް ބަދަލުކޮށް، އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިއީ މާލެ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް، ކައުންސިލުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްދާ މަސައްކަތެކެވެ.

މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރި ކުރުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މިސްކިތެއް ވެސް، ސާފުކޮށް ބޭއްވުމާއި ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޒީނަތްތެރި ކުރުމަކީ " ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ. މީގެތެރޭގައި މިސްކިތްތަކަށް ނަމާދަށްދާ ފަރާތްތަކަށް ފަސޭހަވާނެހެން، ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

ސިޓީ ކައުންސިލުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގެ ހާލަތު ބަލައި، މަރާމާތު ކުރަންޖެހޭ ކަންކަން ދެނެގަނެ އެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.

މާލެ ސިޓީ ކައުންސިލުން، މާލެ ސަރަހައްދުގެ ޖުމްލަ 41 މިސްކިތެއްގެ ކަންކަން، ކޮންމެ ދުވަހަކު ވެސް އަންނަނީ ބަލަމުންނެވެ