މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް01 ޖުލައި 2026


ކައުންސިލަރު އިސްމާއިލް ހަލީމާއި ހުސައިން ފުރުޝާން ޗައިނާއަށް ފުރާވަޑައިގެންފި

އިންޓަނޭޝަނަލް ޑިޖިޓަލް އިކޮނޮމީ ގަވަރނަންސް އެންޑް ލީޑަރޝިޕް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ކަމަށްވާ އިސްމާއިލް ހަލީމް އާއި ހުސައިން ފުރުޝާން ޗައިނާގެ ބެއިޖިންއަށް ފުރާވަޑައިގެންފިއެވެ.

މި ޕްރޮގްރާމަކީ ޑިޖިޓަލް ގަވަރނަންސް، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އިނޮވޭޝަން އަދި ސްމާޓް ސިޓީ ތަރައްގީކުރުމުގެ ދާއިރާއިން ތަޖުރިބާ އިތުރުކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން އެއްތަންކޮށްގެން ކުރިއަށްގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

މި ދަތުރުފުޅުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އަދި މިއީ ބައިނަލްއަގުވާމީ މައިދާނުގައި ސިޓީ ކައުންސިލްގެ ގުޅުންތައް ބަދަހިކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.