މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް06 ޖުލައި 2026


ހުޅުމާލެ ސަހަރާގައި ހުރި ގަލާއި ގައު ކުޑިތައް ނެގުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ސަހަރާގައި ޖަމާކޮށްފައިހުރި ގަލާއި ގައު ކުޑިތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތަކީ ސަހަރާގެ ތެރެ ސާފުކޮށް ބޭއްވުމަށް ޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ.

ސަހަރާއިން ނަގަމުންދާ، މި ގައު ކުޑިތަކަކީ ކަށްވަޅު ކޮންނައިރު ނެގޭ ގަލާއި ގައު ކުޑިތަކެވެ. މި ތަކެތި ސަހަރާ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުގެ ސަބަބުން، ސަހަރާ އަށް ދާމީހުންނަށް އުނދަގޫވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ. މި މަސައްކަތް ނިމުމުން ސަހަރާއަށްދާ މިހުން ހިނގައި އުޅުމަށް ފަސޭހަވާނެއެވެ.

ސިޓީ ކައުންސިލުން ދަނީ މާލެއާއި ހުޅުމާލޭގެ މިސްކިތްތަކާއި ގަބުރުސްތާންތައް މަރާމާތުކޮށް، ސާފުތާހިރުކޮށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސިޓީގެ މިސްކިތްތާއި މިސްކިތްތަކުގެ ފާޙާނަތަކާއި އަދި ގަބުރުސްތާންތައް ރަނގަޅަށް ބެލެހެއްޓި، އެ ތަންތަނަށް ދާމީހުންނަށް ފަސޭހަވާނެގޮތަށް ކަންކަން ހަމަޖެހެމުންދާތީ، ރައްޔިތުން ދަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ.