މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 ޖުލައި 2026


މާލެ ސިޓީގެ 45 މިސްކިތެއް މަރާމާތުކޮށް، ސަހަރާތަކުގެ ޖާގަ އިތުރުކޮށްފި

ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި މާލެ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، އެ ތަންތަނަކީ ނަމާދަށްދާ މީހުން ހިތްހަމަޖެހޭ ފަދަ މާހައުލަކަށް ހެދުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފިއެވެ. މި ގޮތުން މާލެ ސަރަހައްދުގެ ޖުމްލަ 45 މިސްކިތެއްގައި މަރާމާތުގެ ތަފާތު އެކި މަސައްކަތްތައް ވަނީ ނިންމާފައެވެ.

މިކަން ހާމަކުރީ މާލެ ސިޓީ ހޯލުގައި މިހާރު ކުރިއަށްދާ، ކައުންސިލްގެ މި އަހަރުގެ ރައްޔިތުންގެ، ދެވަނަ ބައްދަލުވުމުގައި ދެއްކި ވީޑިއޯރިޕޯޓުންނެވެ.

މިސްކިތްތައް ރީތިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކަރަންޓުގެ މައްސަލަތައް ހައްލުކުރުމާއި، މިސްކިތްތަކުގައި ކުލަލުމާއި، ފާޚާނާތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅުންހުރި އެހެނިހެން ގިނަ މަސައްކަތްތަކެއް ވެސް، މި މުއްދަތުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސަހަރާތައް ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިމެނެއެވެ. މާލޭގައި އާންމުކޮށް މީހުން ވަޅުލުމަށް ބޭނުންކުރާ ދެ ސަހަރާ ފުރުމާ ގުޅިގެން، ހުޅުމާލޭ ސަހަރާއަށް ވަނީ 17,255 އަކަ ފޫޓުގެ ބިން އިތުރުކޮށްފައެވެ. އަދި މައްޗަންގޮޅި އައު ސަހަރާގައި ވެސް އިތުރު މީހުން ވަޅުލެވޭނެ ގޮތަށް ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

ބާވެފައިވާ މުސްހަފްތަކާއި ދީނީ ލިޔުންތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ. މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން، ކޮންމެ ހަމަހަކުން އެއްފަހަރު، ގޭބިސީތަކާއި އެކި މުއައްސަސާތަކުގައި ހުރި މިފަދަ ތަކެތި ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ހުރިހައި މަސައްކަތްތަކަކީ ވެސް ރައްޔިތުންނަށް ބޭނުންވާ ދީނީ އަދި އިޖުތިމާޢީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކޮށްފައިވާ މަސައްކަތްތަކެވެ.