މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ކަނޑައަޅައިފިއެވެ.
މި ކަން ހާމަކޮށްފައިވަނީ، 9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައެވެ.
މި ޑިވޮލޮޕްމަންޓް ޕްލޭންގައި ވާގޮތުން، މި ދެންނެވި ފައިސާ ހޯދުމަށް ރާވާފައިވަނީ، ޕްރަވައިޓް ސެކްޓަރއަށް އާންމު ކޮށް ހުޅުވާލައިގެން ނެވެ.
އެގޮތރުން މި ޕްލޭންގައި ޕާކިންގް ބިލްޑިންގ ، ހައުސިންގ، ލަފާފުރާ ގިމަތަތައް، ޕާކާ މައިޒާންތައް އަދި ކޮމާޝަލް ބިލްޑިންގ ހިމެނޭނެ އެވެ.
ޢާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ކައުންސިލުގެ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވާރކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ. ކައުންސިލްގެ މެދުރާސްތާ ޑިވޮލޮޕްމަން ފައިނޭންޝަލް ޕްލޭނުގައިވާގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް ޢާމްދަނީ އިތުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުން ހިމެނެއެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށް ޓަކައި ޚަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުންހިމެނެއެވެ.
ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ޚަރަދު ކުޑަކުރުމަށް، މި ޕްލޭންގައި ގޮތްތަކެއް ކަނޑަޅައިފައިވެއެވެ. މި ގޮތުން ކުރަން ނިންމި އެއްކަމަކީ، ކައުންސިލުގެ އިދާރީ ހިންގުމުގައި "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް އެކުލަވައިލައި ތަންފީކުރުމެވެ.
ކައުންސިލުގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، އިދާރީ ހިންގުމުގެ ޚިދުމަތް ދިނުމަށް، މިހާރު ކުއްޔަށް ހިފައިފައިވާ ޢިމާރާތްތައް ދޫކޮށްލުމާއި ޕްރޮކިއުމަންޓް ކަންކަން ހަރުދަނާކޮށް، ބަލްކް ޕާރޗެސިންގ ތެރެއިން، ކައުންސިލަށް ހޯދާ ތަކެތި އަގުހެޔޮކޮށް ހޯދުމަކީ ވެސް، ޚަރަދު ކުޑަކޮށްގެން ކައުންސިލްގެ ޢާމްދީ އިތުރުކުރުމަށް އަޅަން ކަނޑައަޅައިފައިވާ މުހިއްމު ފިޔަވަޅެކެވެ.
