މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް16 ޖުލައި 2026


މާލޭގެ ހުޅަނގު ދެކުނު ފަރާތު ކަނޑުތޮށި ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ހުޅަނގު ދެކުނު ފަރާތު ކަނޑުތޮށިމައްޗަށް އުކައިފައި ހުރި ގިނަ ޢަދަދެއްގެ ކުނިތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ ޚާއްޞަ މަސައްކަތެއް، މާލެ ސިޓީ ކައުންސިލުން މި އަދު ފަށައިފިއެވެ.

މާލެ ވަށައިގެން ލައިފައިވާ ކަނޑުތޮށި ފަރުމާކުރެވިފައިވަނީ، ތިން ފައި ގަލުން ކަމަށްވާތީ، މޫދުން އޮޔާ އަންނަ ކުނިތައް، ތޮށީގައި ޖަހައިފައިވާ މި ގާތުގެ ތެރޭގައި ހަރުލާ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

މި ގާތަކަކީ، އެ ހުންނަ ގޮތުން ވެސް، ދެ ގަލުގެ ދޭތެރޭ ބޮޑު ޖާގައެއް ހުންނަ ގާތަކަށް ވުމުން، ކުނި ހަރުލުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މި ގޮތަށް ތާށިވާ ކުނިތަކުގެ ސަބަބުން އެ ސަރަހައްދުގެ ރީތިކަން ގެއްލި، ތިމާވެށީގެ އެކި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކަނޑުތޮށި ސާފުކޮށް ބޭއްވުމަކީ މާލެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް، މާލޭގެ ރީތި މަންޒަރުތައް ފެންނާނެ ގޮތް ހެދުމަށް ޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މާލޭގެ މޫނުމަތި ރީތިކޮށް ބޭއްވުމަކީ ކައުންސިލުން ޚާއްޞަ އިސްކަމެއްދޭ ކަމެއްކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.