މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް19 ޖުލައި 2026


ހުއްދަ ބޯޑް ނެތި ޕޭވްމަންޓް މަތީ މަސައްކަތް ކުރަމުންދިޔަ ފަރާތެއް ހުއްޓުވާ ޖޫރިމަނާ ކޮށްފި

މާލެ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަ ބޯޑު ނެތި، މަގުމަތީގެ ޕޭވްމަންޓް މަތީގައި މަސައްކަތް ކުރަމުންދިޔަ ފަރާތެއް ހުއްޓުވައި، އެ ފަރާތް ޖޫރިމަނާ ކޮށްފިއެވެ.

މަގުމަތީގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރާނަމަ، އެކަމަށް ބޭނުންވާ ޚާއްޞަ ހުއްދަތަކެއް ނަގަންޖެހެއެވެ.

މި ހުއްދަތަކަކީ ކައުންސިލގެ ރޯޑް ޝެކްޝަނުން ދޫކުރާ ހުއްދަތަކެއް ކަމަށާއި، މަސައްކަތް ކުރާ ސަރަހައްދުގައި އެ ހުއްދަ ބޯޑު ފެންނަން ހުންނަން ޖެހޭނެ އެވެ. "މަގުމަތީގައި މަސައްކަތް ކުރާނަމަ، ނަގަން ޖެހޭ ހުއްދަތަކެއް ހުރޭ. އެހުއްދަ ދޫކުރަނީ ކައުންސިލުން،"

މިފަދަ ފިޔަވަޅުތަކަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމުންނަށް ދަތިނުވާނެހެން އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކެކެވެ.

ހުއްދަ ނެތި މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.