މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 23 ޖުލައި 2026


ވިލިމާލޭގެ ވިލިދޫނި ބަޤީޗާގައި ހުރި ގަހަކަށް ގެއްލުންދޭން އުޅުނު ބަޔަކު ހުއްޓުވައިފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ވިލިމާލޭގެ ވިލިދޫނި ބަޤީޗާގެ ގޯތިތެރޭގައި ހުރި ގަހަކަށް ބަޔަކު ވަދެ ގެއްލުން ދެމުން ދަނިކޮށް، ކައުންސިލުން އެކަން ހުއްޓުވައިފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބަޔަކު އެ ބަޤީޗާގެ ތެރެއަށް ވަދެ ގަހަށް ގެއްލުންދޭން މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަނީ އެކަން ފާހަގަކުރެވިފައެވެ. އަދި ވަގުތުން އެކަން ހުއްޓުވުމަށް ކައުންސިލުން ވަނީ ފިޔަވަޅު އަޅާފައެވެ.

ވިލިދޫނި ބަޤީޗާއަކީ ވިލިމާލޭގެ ފެހިކަން ދެމެހެއްޓުމަށާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ކައުންސިލުން ބަލަހައްޓަމުންދާ މުހިންމު ތަނެކެވެ. މިފަދަ ތަންތަނުގައި ހުންނަ ގަސްގަހާގެއްސަށް ގެއްލުން ދިނުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، އާންމު ތަންތަނުގައި ހުންނަ މިފަދަ ވަސީލަތްތަކަށް ރައްކާތެރިވުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ.