މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 24 ޖުލައި 2026


ވިޔަފާރިވެރިންގެ މިސްކިތުގައި ހުރި ބާ މުސްހަފުތައް ސިނަމާލެ 3 ގެ ގުދަނަކަށް ބަދަލުކޮށްފި

މަސްޖިދު ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައި ހުރި ގިނަ އަދަދެއްގެ ބާ މުސްހަފުތައް ސިނަމާލެ ތިނެއްގެ ގުދަނަކަށް މާލެ ސިޓީ ކައުންސިލުން ބަދަލުކޮށްފިއެވެ.

މި މަސައްކަތުގެ ދަށުން އެ މިސްކިތުން 500 އަށް ވުރެ ގިނަ މުސްހަފް ވަނީ ނަގާފައެވެ. މިއީ މިސްކިތްތަކުގައި ހުންނަ ބާވެ ބޭނުންނުކުރެވޭ ވަރުވެފައިވާ މުސްހަފުތަކެވެ.

ބާވެ ބޭނުންނުކުރެވޭ ވަރުވެފައިވާ މުސްހަފުތައް ނައްތާލުމަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމަކަށްވާތީ، ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ އެ އުސޫލުތަކުގެ މަތިންނެވެ. އެގޮތުން މި ތަކެތި ގުދަނަށް ބަދަލުކުރެވުނީ ނައްތާލުމުގެ ކުރިން ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

މާލޭގެ މިސްކިތްތަކުގައި ހުންނަ ބާ މުސްހަފުތައް އެއްކޮށް، އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ކައުންސިލުން ދޭތެރެ ދޭތެރެއިން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިއީ މިސްކިތްތަކުގެ ތަރުތީބު ހިފެހެއްޓުމަށާއި މުސްހަފުތަކަށް ދޭންޖެހޭ ހުރުމަތް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ