މާލެ ސިޓި ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 އޯގަސްޓް 2026


މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ހުސްވި ޖުލައި މަހު 1651 ތަން ބަލައި ފާސްކޮށްފި

މާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޖުލައި މަހު އެކަނިވެސް 1651 ގެއަކާއި އެކި ތަންތަން ބަލައި ފާސްކޮށްފި އެވެ.

ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ 1 އިން 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މަދިރި އުފެދޭ ގޮތަށް ހުރި 606 ތަނެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން 35 ތަނަކުން މަދިރި ފަނި ފެނިފައިވާއިރު، 27 ގެއަކުން ވަނީ މަދިރި ފެނިފައެވެ.

މި މަސައްކަތުގެ ތެރެއިން، ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން މައްސަލަ ހުރި 150 ގެއަކާއި ތަނެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން 283 ތަނެއް އިސްލާޙު ކުރުމަށް އަންގާފައިވާއިރު، 157 ތަނަކަށް ވަނީ މަދިރި ބޭސް އަޅާފައެވެ. މީގެ އިތުރުން، 4 ބްލޮކެއްގެ ތަންތަން ފޮގްކޮށް، މާލޭގެ 9 މަގެއްގައި ވަނީ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "މަދިރި އާލާ ނުވާނެ ފަދަ ގޮތަކަށް މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް" ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މޭޔަރ ދެއްވިއެވެ.