މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 17 އޯގަސްޓް 2026


ރަށްދެބައިމަގުގެ ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި މަގުތަކަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ރަށްދެބައިމަގުގެ ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ރަށްދެބައިމަގުގައި ހަލާކުވެފައިވާ ޕޭވްމަންޓްތައް ރަނގަޅުކޮށް، އަލުން މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި މަގުގެ ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ މަގު ބޭނުންކުރާ އަދި ހިނގާބިނގާވެ އުޅޭ އެންމެހައި ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މާލޭގެ މަގުތައް ތަރައްޤީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކައުންސިލްގެ މައިގަނޑު އަމާޒަކީ މިފަދަ އެކި ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތްފަސޭހަ މާހައުލަކަށް މާލެ ސިޓީ ބަދަލުކުރުން ކަމަށެވެ.

މީގެއިތުރުން، މި އަމާޒުތައް ޙާޞިލްކުރުމަށްޓަކައި ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވި ދުވެލީގައި މަސައްކަތްކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.