ސިނަމާލެ 3 ގައި ހުންނަ ފިހާރަ ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
ސިނަމާލެ 3 ގެ ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 ގައެވެ. މި ބައްދަލުވުން އޮންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބީލަމުގައި އަގު ހުށަހެޅުން (ބިޑް ހުށަހެޅުން) އޮންނާނީ 7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައެވެ. އަގު ހުށަހެޅުން ވެސް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބީލަމުގައި އަގު ހުށަހެޅުމުގެ ފުރުޞަތު އޮތީ ދިވެހި ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކުގެ އިތުރުން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތްތަކަށެވެ.
