މާލޭ ސިޓީ ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން” އިން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުވައްސަސާއެކެވެ. ހަމައެއާއެކު އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުގެ ބާރާއި އަދި އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫ ޝަޚުސެކެވެ. ލާމަރުކަޒީ ޤާނޫނު ވުޖޫދުވުމާގުޅިގެން ކުރިން ހިންގަމުން އައި މާލޭ މުނިސިޕަލްޓީގެ އެންމެހާ މަސައްކަތްތަކާ އަދި މުނިސިޕަލްޓީގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ ވަޞީލަތްތަކާ، ހަރުމުދަލާ، ތަންތަން އަދި މުވައްޒަފުން، ޤާނޫނުގައި އޮންނަ ހަމައިގެމަތިން މާލޭ ސީޓީ ކައުންސިލަށް ނަގުލުކުރެވުނެވެ.

މުވައްސަސާގެ މައިގަނޑު ބޭނުމަކީ މާލޭ ސިޓީގެ ރައްޔިތުންގެ ކަންކަން ދީމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ނިންމުމަށް މަގުފަހިކޮށްދީ، އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޘަޤާފީގޮތުން، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، މާލޭ ސިޓީގައި އަމާންވެއްޓެއް ޤާއިމްކޮށް ދިނުމުގެވެ.

ބަޔާންކުރެވުނު މަޤްޞަދުތަށް ޙާޞިލްކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާނެ އެންމެ މުހިއްމު މަސައްކަތަކީ ރަށްވެހިކަމުގެ ޚިދުމަތްތަށް ސިޓީގައި ދިނުމެވެ. މިކަމަށް މަގުފަހިކުރުމަށް ކައުންސިލުން ތަރައްޤީގެ ޕްލޭންހަދައި، ޕްލޭނަށް ރިޢާޔަތްކޮށް ތަރައްޤީގެ މަޝްރޫޢުތައް ރާވައި، ބަޖެޓް ތައްޔާރުކޮށް ތަންފީޒުކުރުމުގެ މަސައްކަތް ގެންދިއުމަކީ ސިޓީކައުންސިލުން ކަންކަން ޙާޞިލްކުރުމަށް ގެންގުޅޭނޭ ގޮތްތަކެވެ. ހަމައެއާއެކު މިކަންކަން ތައްފީޒުކުރުމާއި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަދަންޖެހޭ ގަވައިދުތަކާއި، އުސޫލުތަކާއި، ހަމަތައް ކަނޑައަޅަމުން ގެންދިއުމަކީ ސިޓީ ކައުންސިލްގެ ހިންގުމުގެ ވައްޓަފާޅިއެވެ.

އިސް ވެރިން

ވަޖީހު ނަސީރު

ސެކްރެޓަރީ ޖެނެރަލް

އަލީ ނަސީރު ގާސިމް

އެސޯސިއޭޓް ލީގަލް ކައުންސިލް

އިބްރާހިމް ރަމީޒް ހަސަން

ކައުންސިލް އެގްޒެކެޓިވް

ޔުމްނާ ސައީދް

ކައުންސިލް އެގްޒެކެޓިވް

އާމިރް ހަސަން

ކައުންސިލް އެގްޒެކެޓިވް

ޝަމްހޫޒާ އަހުމަދު

ކައުންސިލް އެގްޒެކެޓިވް

އުސާމަތު އުމަރު

ކައުންސިލް އެގްޒެކެޓިވް

އިއްތިޒާމް އަހްމަދް

އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް

ޢަބްދުﷲ ރަމީޒު

ސީނިއަރ އެކައުންޓްސް އޮފިސަރ

އަލީ ޒުބައިރު

އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް

ޢަބްދުﷲ ހަސަަން

އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް

އާމިނަތު އިސްމާއީލު

އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް

ސަމީނާ އިބްރާހީމް

އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް

މޫސާނަސީމު އަހުމަދު ސައީދު

އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް

ތަޞައްވުރު

މާލޭ ސިޓީއަކީ އަމާން، ހިތްފަސޭހަ، ސާފުތާހިރު، ތިމާވެއްޓާ ރައްޓެހި، އިޤްތިޞާދީ ހަރަކާތްތަކާއި ޢުމްރާނީ ތަރައްޤީއަށް މަގު ފަހިވެފައިވާ ސިޓީއަކަށް ވުން.

މިޝަން

ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީ ކުރެވޭ، ތަރައްޤީގެ ހުރިހާ ރޮގަކުންވެސް ކުރިއެރުން ހޯދާ ހިތްފަސޭހަ އަމާން ސިޓީއަކަށްވުމާއެކު ސިޓީގެ ރައްޔިތުންނަށް ކުރިއެރުމާއި މަންފާ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދޭ، ކަންތައްތަކުގައި ބައިވެރިވާ، ހީވާގި، އިޖްތިމާޢީ ފޭރާން ރަގަޅު، ދުޅަހެޔޮ މުޖުތަމައެއް އޮންނަ ހިތްފަސޭހަ، ސާފުތާހިރު، ފެހި ސިޓީއަކަށްވުން. އަދި މިކަންތައް ޙާޞިލްކުރުމަށްޓަކައި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރެވޭނެ ފަދަ ޤާބިލްކަން ލިބިފައިވާ އިދާރާއެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ބައްޓަން ކުރުން، އަދި ހަމަ އެއާއެކު މާލޭ ސިޓީ ކައުންސިލްއިން ޚިދުމަތް ލިބޭ އަދި ކައުންސިލް ހިމެނޭ ދާއިރާތަކުގެ މީހުންނަށް ޚިދުމަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާ އިދާރާއެއް ބިނާކުރުން