މާލެ ސިޓީގައި ނައިޓްމާކެޓް ބޭއްވުމާގުޅޭ

ނަންބަރު

(IUL)425-CB/1/2022/09

ޕަބްލިޝްކުރި ތާރީޚު

06 ޖަނަވަރީ 2022

ސުންގަޑި

06 ޖަނަވަރީ 2022 - 12:17

މާލެ ސިޓީ ކައުންސލްގެ 04 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ބޭއްވުމަށް ހުއްދަ ދިނުމަށް ނިންމާފައެވެ. މި ހުއްދައިގެ ދަށުން ގިނަ ފަރާތްތަކުން މިކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާރކެޓް ބާއްވަމުން އެބަ ގެންދަވައެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރ: 23-1/425/2022/2 (5 ޖަނަވަރީ 2022( ގެ ސިޓީން ވަނީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް އަންގަވާފައެވެ. ހަވާލާދީފައިވާ ސިޓީން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން މި ކައުންސިލުން ހުއްޓާލުމަށް އަންގަވާފައިވާތީ، މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

ވީމާ، މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް