މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 181 ވަނަ ރަސްމީ ޢާއްމު ޖަލްސާ

181

Sitting

4

Term


Jan 29

Date

14

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 181 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1. ހުށަހެޅުނު މައްސަލަ: 04ވަނަ ދައުރުގެ 167ވަނަ ރަސްމީ އާއްމު ޖަލްސާ(16 އޮކްޓޯބަރު 2024)އިން ކާނިވާ ހެދުމަށް ނިންމާފައިވާ ނިންމުމުގައި ބުނާ ލޮކޭޝަން ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، 04ވަނަ ދައުރުގެ 167ވަނަ ރަސްމީ އާއްމު ޖަލްސާ(16 އޮކްޓޯބަރު 2024)އިން ކާނިވާ ހެދުމަށް ނިންމާފައިވާ ސަރަހައްދުގެ ބަދަލުގައި އާޓިފިޝަލް ބީޗް ވޮލީ ކޯޓުގެ ފަހަތުގައި އޮންނަ ސަރަޙައްދު ހިމެނޭހެން ޖާގަ އިތުރުކޮށްފައި އެސަރަޙައްދުގައި ކާނިވާ ހެދުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

2. ހުށަހެޅުނު މައްސަލަ: ރައްޔިތުންގެ ބައްދަލުވުން ބާއްވާދުވަސް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ރައްޔިތުންގެ ބައްދަލުވުން ބާއްވަން ކުރިން ފާސްކޮށްފައިވާ ތާރީޚް 13 ފެބްރުއަރީ 2025 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާރކް ލިބެން ނެތުމުގެ ސަބަބުން 13 ފެބްރުއަރީގެ ބަދަލުގާ، 27 ފެބްރުއަރީ 2025ވަނަ ދުވަހުގެ ރޭ ބާއްވާގޮތަށް ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުފާތިމަތު ޝައުފާ ސަލީމްއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝް ހަސަން ނިޘާމްމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު